ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ކުއްޔަށް ދޫކުރުން:

އިޢުލާން

* ކުޑަހުވަދޫ ޕްރީސްކޫލް ކުއްޔަށް ދޫކުރުން

         މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ކުޑަހުވަދޫ ކުޑަހުވަދޫ ޕްރީސްކޫލް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

  • މަސައްކަތާއި ގުޅިގެންދެވޭ މަޢުލޫމާތުކަރުދާހާއި ފޯމް 2018 ޖުލައި 17 ވަނަ ދުވަހުންފެށިގެން 2018 ޖުލައި 25 ވަނަދުވަހުގެ 14:00 ނިޔަލަށް މިއިދާރާއިން ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގެ އަގަކީ 300.00 (ތިންސަތޭކަ) ރުފިޔާއެވެ.
  • ޕްރީބިޑް މީޓިންގ އޮންނާނީ، 2018 ޖުލައި 31 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕަރޕޯސް ބިލްޑިންގ ސެމިނަރ ރޫމް1 ގައެވެ. އަދި ޢިމާރާތާއި ތަކެތި ބައްލަވާލަންވަން އެދިލައްވާ ފަރާތްތަކަށް ހަމަ އެގަޑީގައި އެފުރުސަތު  ލިބިވަޑައިގަންނަވާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ބައްލަވައިގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގއަށް ވަޑައިގެންނެވުމަކީ ވަރަށް އެދެވިގެންވާކަމެއްކަމުގައި ދަންނަވަމެވެ.
  • މަޢުލޫމާތު ކަރުދާސް ބައްލަވައިގަންނަވާ ފަރާތަކަށް އެދިވަޑައިގަންނަވާ މެއިލްއަކަށް މަޢުލޫމާތުގެ ޕީ.ޑީ.އެފް ކޮޕީއެއް މެއިލްކޮށްދެވޭނެއެވެ.
  • އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2018 އޯގަސްޓް 08 ވަނަ ދުވަހުގެ  13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާ ރޫމް 1 ގައެވެ.
  • މައުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • ޢިމާރާތް ކުއްޔަށް ދޫކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

ޢިމާރާތުގެ ކުލި

60%

މާލީ ތަނަވަސްކަން

10%

ފަންނީ ޤާބިލްކަން (މަސައްކަތުގެ ތަޖްރިބާ)

15%

އިންސާނީ ވަޞީލަތް

15%

އިތުރުމަޢުލޫމާތު،  މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

     ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.            

      05 ޛުލްޤައިދާ 1439

17 ޖުލައި 2018
ހޯދާ