އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ބާރކޯޑް ލޭބަލް ޕްރިންޓަރ އަދި ލޭބަލް ސްޓިކަރ ރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  ނަންބަރ:A)DC-2018/155)

އިޢުލާނު

ބާރކޯޑް ލޭބަލް ޕްރިންޓަރ އަދި ލޭބަލް ސްޓިކަރ ރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

1. މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ބާރކޯޑް ލޭބަލް ޕްރިންޓަރ އަދި ލޭބަލް ސްޓިކަރ ރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:A)DC-2018/92) އިޢުލާނާއި ގުޅިގެން ހުށަހަޅި ބީލަމުގައި، ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުންތައް ހިމަނާފައިނުވާތީ އެބީލަން ބާޠިލްކޮށް، މިތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

38/2018/G-006

ބާރކޯޑް ލޭބަލް ޕްރިންޓަރ އަދި ލޭބަލް ސްޓިކަރ ރޯލް ސަޕްލައިކުރުން

2. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2018 ޖުލައި 24 ވާ އަންގާރަ ދުވަހުގެ 11:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

3. ބީލަން ހުޅުވުން އޮންނާނީ 2018 ޖުލައި 25 ވާ ބުދަ ދުވަހުގެ 11:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

03 ޛުލްޤައިދާ 1439

16 ޖުލައި 2018
ހޯދާ