މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ހިންގަމުން ގެންދާ އުނގޫފާރު ރައްޔިތުންގެ ވިޔަފާރިއަށް ޑިސަލް އަދި ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 11 ޖުލައި 2018 ވީ ބުދަ ދުވަހު ކުރި އިޢުލާނަށް އެކަށީގެންވާ އަދަދަށް މީހުން މަޢުލޫމާތު ސާފުކުރުމަށް އައިސްފައިނުވާތީ މިކައުންސިލްގެ ނަމްބަރ: (IUL)303-AS/303/2018/29 އިޢުލާން ބާޠިލްކޮށް އަލުން ރައްޔިތުންގެ ވިޔަފާރިއަށް ޑީސަލް އަދި ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ                      

  ނަމްބަރ: IUL)303-AS/303/2018/31) 

 އިޢުލާން

މިކައުންސިލުން ހިންގަމުން ގެންދާ އުނގޫފާރު ރައްޔިތުންގެ ވިޔަފާރިއަށް ޑިސަލް އަދި ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 11 ޖުލައި 2018 ވީ ބުދަ ދުވަހު ކުރި އިޢުލާނަށް އެކަށީގެންވާ އަދަދަށް މީހުން މަޢުލޫމާތު ސާފުކުރުމަށް އައިސްފައިނުވާތީ މިކައުންސިލްގެ ނަމްބަރ: (IUL)303-AS/303/2018/29 އިޢުލާން ބާޠިލްކޮށް އަލުން ރައްޔިތުންގެ ވިޔަފާރިއަށް ޑީސަލް އަދި ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

                             އުނގޫފާރު ރައްޔިތުންގެ ވިޔަފާރިއަށް ބޭނުންވާ ޑީސަލް އަދި ޕެޓްރޯލް އެއްއަހަރުގެ މުއްދަތަށް ވިއްކުމަށް އެދޭ ފަރާތްތަކުން 18 ޖުލައި 2018 ވާ ބުއްދަ  ދުވަހުގެ 11.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރުމަށްފަހު، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ޚިދްމަތް ދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 22 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައި ހުންނަން ވާނެއެވެ.

1-            ޑީސަލް ލިޓަރެއް ވިއްކާނެ އަގު

2-            ޕެޓްރޯލް ލިޓަރެއް ވިއްކާނެ އަގު

3-            ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން ޚިދްމަތް ދިނުމުގައި އަމަލުކުރާނެގޮތް

4-            ފައިސާ ދެއްކުމަށް އެދޭގޮތް: ( ފައިސާ ދެއްކުމުގައި ދެވިދާނެ ލުއިފަސޭހަތައް )

5-            މެދުނުކެނޑި ސަޕްލައި ލިބެންހުންނާނެ ކަމުގެ ގެރެންޓީ ( ހުށަހަޅާ ފަރާތުން ޚިދްމަތް ދިނުމުގައި ސްޓޮކް ހުސްވެއްޖެނަމަ ސަޕްލައި ކޮށްދިނުމަށް ހަމަޖައްސާގޮތް )

6-            ތެޔޮ ވިއްކާ ފަރާތުގެ ރަޖިސްޓްރީ އާއި ލިބިފައިވާ ހުއްދަތަކުގެ ކޮޕީ

7-            ތެޔޮ އަޅައިދިނުމުގައި ދޭނެލުއިފަސޭހަތައް

8-            ޓެކްސް ކްލިއަރެންސް ރިޕޯޓް

ތިރީގައި އެވަނީ ތެޔޮ ސަޕްލައި ކޮށްދިނުމަށް އެދޭފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

ހުށަހަޅާ އަގަށް:                               % 70

ތެޔޮ ހުސްވިޔަނުދީ ތެޔޮ ސަޕްލައި ކޮށްދެވޭނެކަމުގެ ގެރެންޓީ:      % 20

ފައިސާ ދެއްކުމަށް ދޭ ލުއިފަސޭހަޔަށް:                   % 10

              ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

              02 ޒުލްޤައިދާ 1439    

              15 ޖުލައި  2018    

                                                               މުޙައްމަދު އަފްލާޙް 

                                                           ( ކައުންސިލްގެ ނައިބުރައީސް )

15 ޖުލައި 2018
ހޯދާ