ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސައުންޑް ސިސްޓަމް ހޯދައި އިންސްޓޯލް ކުރުން

  1. މިމަރުކަޒުންދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް މިމަރުކަޒުގެ ހޯލް އިމާރާތަށް ބޭނުންވާ ސައުންޑް ސިސްޓަމް ހޯދައި އިންސްޓޯލް ކޮށްދޭނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޖުލައި 15 އިން 2018 ޖުލައި 23 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޖުލައި 23 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ޖުލައި 24 ވާ އަންގާރަ ދުވަހުގެ 11:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

  5. ނަންނޯޓް ނުކުރައްވާ ފަރާތަކަށް މަޢުލޫމާތު ސާފުކުރުމުގައާ އަންދާސީހިސާބުހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

  6. ބިޑް ހުޅުވުން އޮންނާނީ 2018 ޖުލައި 29 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

  8. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ހއ.އަތޮޅު ތަޢުލީމީ މަރުކަޒު

    ސާރުލްއަމީން މަގު، ދިއްދޫ، ދިވެހިރާއްޖެ.

    ފޯން:  6500014, 6500076

    އީ-މެއިލް: [email protected],mv

    ކޮޕީ އީ-މެއިލް: [email protected]

  9. މިމަރުކަޒުގެ ހޯލް އިމާރާތަށް ބޭނުންވާ ސައުންޑް ސިސްޓަމް ހޯދައި އިންސްޓޯލް ކޮށްދޭނެ ފަރާތްތެއް ހޯދުމަށް އެދި މިމަރުކަޒުން ކުރި ޢިއުލާން ނަމްބަރު: GS08/2018/28އިޢުލާން ބާޠިލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

15 ޖުލައި 2018
ހޯދާ