ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ
ދިވެހިރާއްޖެ
ނަންބަރ: (IUL)403-M/403/2018/52
އިޢުލާނު
ބަނދަރު މަރާމާތު ކުރުމާއި ބެހޭ
މިރަށު ބަނދަރުގެ ގައުތައް ނެއްޓި ހަލާކުވެފައިވާ ތަންތަން މަރާމާތު ކުރުމަށް ބޭނުންވާތީ އަމިއްލަ ޚަރަދުގައި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ސާފުކުރުން: 22 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 11:00 އަށް
* އެސްޓިމޭޓް ހުށަހެޅުން: 31 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 11:00 އަށް
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
02 ޛުލްޤައިދާ 1439
15 ޖުލައި 2018
ޢަބުދުލް މުޙުސިން މުޙައްމަދު
ކައުންސިލްގެ ރައީސް