މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑު ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ފުޓްސަލް ދަނޑު ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ސަރވިސަސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ހދ. ކުރިނބި އާއި ކ. ގުޅީގައި، މަސައްކަތަށް ބޭނުންވާ ތަކެތި ދިނުމުން ފުޓްސަލް ދަނޑު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)447-PR/1/2018/79) އިޢުލާންއާއި ގުޅޭގޮތުން ދަންނަވަމެވެ.

ހަވާލާދެވިފައިވާ އިޢުލާން އާއި ގުޅިގެން އަގު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމުގެ ގޮތުން، އެ އިޢުލާންގައިވާ އަގު ހުށަހެޅުމުގެ މުއްދަތު 2018 ޖުލައި 22 ވާ އާދީއްތަ ދުވަހާ ހަމައަށް އިތުރު ކުރެވިފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖުލައި 22 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވާނަމަ 3020852 އާއި 3020853 އަށް ގުޅުއްވުން އެދެމެވެ.

28 ޝައްވާލް 1439

12 ޖުލައި 2018
ހޯދާ