މަޤާމް:
|
ސީނިއަރ ސްޓޭޓް ކައުންސެލް
|
މަޤާމުގެ ނަންބަރު:
|
J-252106
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
ސީ.އެސް 16
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ލީގަލް ސަރވިސް ޑިރެކްޓަރސް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އެޓަރނީ ޖެނެރަލްގެ އޮފީސް / މާލެ
|
މުސާރަ:
|
19,950 (ނަވާރަހާސް ނުވަސަތޭކަ ފަންސާސް) ރުފިޔާ
|
ސަރވިސް އެލަވަންސް:
|
6,750 (ހަހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35
- އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން އަހަރަކު އެއްފަހަރު ހެދުން އެލަވަންސްގެ ގޮތުގައި 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދައުލަތް ތަމްސީލްކުރުމާއި ސިވިލް ލިޓިގޭޝަން މައްސަލަތަކުގައި އޮފީހުގެ ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންނާ މަސައްކަތްތައް ޙަވާލުކޮށް ސުޕަވައިޒްކޮށް ހިންގާ ބެލެހެއްޓުން.
- ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ދޭންޖެހޭ ލަފާދިނުމުގައި އެޓަރނީ ޖެނެރަލްއަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި، ލީގަލް އޮޕީނިއަންގެ މަސައްކަތްތަކާ ގުޅިގެން އޮފީހުގެ ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ހިންގާ ބެލެހެއްޓުން.
- ސަރުކާރުގެ އިދާރާތަކުން އެކުލަވައިލަން ބޭނުންވާ ޤާނޫނުތަކުގެ ދެލިކޮޕީތައް އެކުލަވާލުމާއި އެޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް އެކުލަވާލުމުގައި އެޓަރނީ ޖެނެރަލްއަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުން.
- ރާއްޖެއަށް ބޭނުންނުވާ ޤާނޫނުތަކާއި، އުވާލުމަށާއި އިސްލާހު ގެންނަންޖެހޭ ޤާނޫނުތައް އިސްލާހުކުރުމަށް އެޓަރނީ ޖެނެރަލްއަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި ލެޖިސްލޭޓިވް މަސައްކަތްތަކާ ގުޅިގެން އޮފީހުގެ ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ހިންގާ ބެލެހެއްޓުން.
- އިންސާނީ ޙައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތުތައް ވިލަރެސްކުރުމާއި، ހިއުމަން ރައިޓްސް އެކްޝަން ޕްލޭން އެކުލަވާލައި ތަންފީޒުކުރުން.
- ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރާނެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގައި އެޓަރނީ ޖެނެރަލްއަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުން.
- އެޓަރނީ ޖެނެރަލްގެ އޮފީހުން އަދާކުރުމަށް ހަމަޖެހިފައިވާ ޤާނޫނީ އެންމެހައި ވާޖިބުތަކާއި ޤާނޫނުއަސާސީންނާއި ޤާނޫނުން އެޓަރނީ ޖެނެރަލް އަދާކުރުމަށް ކަނޑައަޅާފައިވާ އެންމެހައި މަސްއޫލިއްޔަތުތައް އެޓަރނީ ޖެނެރަލް އަދާކުރުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ޑިވިޜަން / ސެކްޝަންގެ ހިންގުމުގެ މަސްޢޫލިއްޔަތާއި ވާޖިބުތަކާ ޙަވާލުވާން ޖެހިއްޖެ ޙާލަތެއްގައި ޙަވާލުވެ މަސައްކަތްކުރުން.
- މިނޫންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖެގޭ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް އަދި 9 ން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު، ޤާނޫނީ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަދި 9 ން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޓަރނީ ޖެނެރަލްގެ އޮފީހުގައި ޤާނޫނީ ދާއިރާގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އިން މަތިން މާކްސް ހޯދާފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތަން:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އޮފީހުގެ ވެބްސައިޓުންނާއި މި އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) (މި އޮފީހުގެ ވެބްސައިޓުގައިވާ ނަމޫނާއާ އެއްގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. (މި ފޯމުގެ ނަމޫނާ މި އޮފީހުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު
- ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، އެޓަރނީ ޖެނެރަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] އަދި ފެކްސް 3314109 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.
|
އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުމާއި އިމްތިޙާން އޮންނާނީ 2018 ވަނަ އަހަރުގެ ޖުލައި ނުވަތަ އޮގަސްޓް މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އެއް އަދަދަށް މާކްސް ލިބިފައިވާނަމަ، ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ތާރީޚުގެ ތަރުތީބުން އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|