ދިވެހިރާއްޖެ
އައުޓް ޑޯ ޖިމް ހެދުމުގެ މަސައްކަތް
ލ. ފޮނަދޫގައި ހެދުމަށް ހަމަޖެހިފައިވާ އައުޓް ޑޯ ޖިމްގެ ވަށާފާރު ރޭނުމާއި، ޖިމްގެ ވަށައިގެން ރަނިންގ ޓެރެކެއް ހެދުމާއި އަދި ޖިމް ސެޓް ހަރުކުރުމަށް ބޭނުންވާ ބުޑުތައް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
| 
 މަޢުލޫމާތު ސާފުކޮށްދޭ ތާރީޚާއި ގަޑި  | 
 އަންދާސީހިސާބު ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި  | 
| 
 17 ޖުލައި 2018 (އަންގާރަ) ދުވަހުގެ 13:00  | 
 23 ޖުލައި 2018 (ހޯމަ) ދުވަހުގެ 13:00  | 
މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ މީޓިންގ ރޫމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.
