ދިވެހިރާއްޖެ
`
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް
ދިވެހިރާއްޖެ.
ނަންބަރު: IUL)120/1/2018/37)
އިޢުލާން
އެގްޒޭމިނަރުންގެ ދަފްތަރުގައި ރަޖިސްޓްރީވުން
މި ޑިޕާޓްމަންޓުން ބާއްވާ ޤައުމީ އިމްތިހާނުތަކުގައި މަސައްކަތްކުރައްވާ އެގްޒޭމިނަރުންނާއި، އޮޑިޓަރުންނާއި، މޮޑަރޭޓަރުން އަދި މާކަރުންނާއި ކްލެރިކަލް އެގްޒޭމިނަރުން ފަދަ ފަންނީ މަސައްކަތްކުރައްވާ ފަރާތްތައް ރަޖިސްޓްރީކޮށް ބެލެހެއްޓުމުގެ ގޮތުން، "އެގްޒޭމިނަރުންގެ ދަފްތަރު" ގެ ނަމުގައި ދަފްތަރަކާއި އެކަމާގުޅޭ އުޞޫލެއް ތަޢާރަފުކޮށް، ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު 2018 ޖުލައި 12 ވަނަ ދުވަހުން ފެށިގެން ހުޅުވާލައިފީމެވެ. އިމްތިޙާނުގެ ފަންނީ މަސައްކަތްތަކަށް މީގެފަހުން މީހުން ނަގާނީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތައް ކަމުގައި ވެސް ހަމަޖައްސައިފީމެވެ.
ދެންނެވުނު އުޞޫލާއި، ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.dpe.edu.mv އިން ލިބެންހުންނާނެއެވެ. މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ޝާހިދު ޢަބްދުﷲ/ 3009310، 7461230 އާ ގުޅުއްވުން އެދެމެވެ.
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން، ދަފްތަރުގައި ރަޖިސްޓްރީވުމުގެ ކަންކަން އުޞޫލާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ދެންނެވީމެވެ.
27 ޛުލްޤައިދާ 1439
11 ޖުލައި 2018