ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒެޕްވިސް ޕްރޮޖެކްޓަށް ބޭނުންވާ ވޯޓަރ ޕިޔުރިފިކޭޝަން މެޝިންތައް ހޯދާ މިއަތޮޅުގެ ސްކޫލްތަކުގައި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން.

ލ. އަތޮޅުގެ 21 ސްކޫލަކަށް ބޭނުންވާ ވޯޓަރ ޕިޔުރިފިކޭޝަން މެޝިން މިއިދާރާއިން ފޯރުކޮށްދޭ ސްޕެޝިފިކޭސަނާއި އެއްގޮތަށް ހޯދާ ސްކޫލްތަކުގައި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިންކުރި ނަންބަރު (IUL)240-ADS/240/2018/13 (19 ޖޫން 2018) އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ އެފުރުޞަތު އަލުން ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ޖުލައި 17 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖުލައި 24 ވާ އަންގާރަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ.

11 ޖުލައި 2018
ހޯދާ