ދިވެހިރާއްޖެ
މި އިޢުލާންވަނީ 01 އޮގަސްޓް 2018 09:21 ގައި ބާތިލް ކުރެވިފައެވެ.
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،
ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3345252 (960)
http://www.mnu.edu.mv
ނަންބަރ: 153-FHTS-2018-13
އިޢުލާން
މި ފެކަލްޓީގެ ބަދިގެ ޕްރެކްޓިކަލް ކްލާސްތަކުގައި ކެއްކުމަށް ބޭނުންވާ ފުޑް އައިޓަމްސް އާއި އެހެނިހެން ތަކެތި މި ފެކަލްޓީއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 08 ފެބްރުއަރީ 2018 ގައި ކުރެވުނު ނަންބަރު 153-FHTS-2018-06 އިޢުލާނުގެ މަޢުލޫމާތަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. މި އިޢުލާނާއިއެކު ބޭނުންވާ ތަކެތީގެ ލިސްޓު އެޓޭޗް ކުރެވިފައިވާނެއެވެ. މި ތަކެތިތައް ބަހާލެވިފައިވާނީ 10 (ދިހައެއް) ގްރޫޕަކަށެވެ. އެ ބައިތައް ތިރީގައި އެވަނީއެވެ.
G01 - Vegetables
G02 - Fruits & Berries
G03 - Meat
G04 - Dairy
G05 - Nuts & Dry Items
G06 - Frozen Items
G07 - Herbs & Spices
G08 - Starch & Pastry
G09 - Drinks & Syrups
G10 - Miscellaneous Items
މީގެތެރެއިން ހުރިހާ ގްރޫޕަކަށް ނުވަތަ ވަކި ގްރޫޕަކަށްވެސް ކުރިމަތިލެވިދާނެކަމަށް ދަންނަވަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 16 ޖުލައި 2018 ވަނަ ދުވަހުގެ 11:30 އަށް ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑިޒް (ޔުނިވަރސިޓީ ދަނާލުގެ ކުރިމަތި) ގެ ސެމިނަރހޯލް (ދެވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޖުލައި 2018 ވަނަ ދުވަހުގެ 11:30 އަށް މި ފެކަލްޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.