ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2018 ވަނަ އަހަރު ވަންދޫގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމާއިގުޅޭ

މި އިޢުލާންވަނީ 23 ޖުލައި 2018 12:07 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

2018 ވަނަ އަހަރު ވަންދޫގެ އިޖުތިމާއީ ސަރަހައްދު ކޮންޓްރެކްޓް އުސޫލުން ކުނިކަހާ ސާފުކޮށްބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު IUL)388-ADM/388/2017/01) (8 ޖަނަވަރީ 2018) އިޢުލާން ބާތިލްކޮށް އިޢުލާންކުރަމެވެ.

2018 ވަނަ އަހަރު ވަންދޫގެ އިޖުތިމާއީ ސަރަހައްދު ކޮންޓްރެކްޓް އުސޫލުން ކުނިކަހާ ސާފުކޮށްބަލަހައްޓައިދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހު 10:00 އަށް ވަންދޫ ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޖުލައި 2018 ވާ ބުދަ ދުވަހު 10:00 އަށް މިއިދާރައަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                           މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މައުލޫމަތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުގައި އެފަރާތެއްގެ ނަމާއި އެޑްރެސް އަދި މަސައްކަތުގެ ނަމާއި މަސައްކަތުގެ އަގު އަދި މަސައްކަތް ކުރުމަށް ރާވާފައިވާގޮތް އެނގޭނޭހެން ތަފްސީލްކޮށް ހިމަނަންވާނެއެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރ 7980047 ފޯނާގުޅުއްވުންއެދެމެވެ.

                        ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

10 ޖުލައި 2018
ހޯދާ