މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަސެންޖަރ ވޭންއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ޕަސެންޖަރ ވޭންއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ޕަސެންޖަރ ވޭންއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)227-ID/227/2018/29 (15 މެއި 2018) އިޢުލާނާއި ގުޅިގެން ހުށައަޅުއްވާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ޖުލައި 15ވާ އާދިއްތަ ދުވަހުގެ 13:00އަށް މިއިދާރާއަށް ނުވަތަ މާލެއިންނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  2018 ޖުލައި 22ވާ އާދިއްތަ ދުވަހުގެ 13:00އަށް  އަށް މިއިދާރާއަށް ނުވަތަ މާލެއިންނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

            މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނި، ޕާޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރައިގެ 6540025،6540038  ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

                   26 ޝައްވާލު  1439

10 ޖުލައި 2018
ހޯދާ