އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1.5 ޓަނުގެ ޕަވަރ ގޭޓް ޕިކަޕެއް ގަތުމަށް ބޭނުންވެއްޖެ

                                                                                   ނަމްބަރ: IUL)345-CAA/345/2018/23) 

އިޢުލާން

  • އއ. މާޅޮހުކައުންސިލްއިދާރާގެ ބޭނުމަށް 1.5 ޓަނުގެ ޕަވަރ ގޭޓް ޕިކަޕެއް ގަންނަން ބޭނުންވެއްޖެ:

 

މި ކައުންސިލްގެ ބޭނުމަށް 1.5 ޓަނުގެ ޕަވަރ ގޭޓް ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ.  

ވީމާ،ޕިކަޕް ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި ޢިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ޖުލައި 2018 ވާ ބުދަ ދުވަހުގެ 13:00 އަށް މި ޢިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " އއ. މާޅޮހުކައުންސިލްއިދާރާގެ ބޭނުމަށް 1.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ވިއްކުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ.

     މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  •       މަސައްކަތުގެ އަގަށްދޭ މާކްސް
  •       މާކްސްދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  •       މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

70%

އަގު

 (Submitted years of experience / Benchmark  years ) x Allocated Percentage

  •       ވޮރަންޓީދެވޭނެ މުއްދަތު ( އަހަރު )
  •       މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން އެންމެދިގުމުއްދަތަކަށް ވޮރަންޓީދޭ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  •       މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ދިގު މުއްދަތަކަށް ވޮރަންޓީ ދޭ ފަރާތަކަށެވެ.

20%

ވޮރަންޓީ

(Profile marks / Benchmark Profile marks) x Allocated Percentage

  •       04 ފުރޮޅުލީ ވެހިކަލް އެންމެގިނައަދަދަކަށް އެތެރެކޮށްފައިވާ ފަރާތް
  •       މާކްސް ދެވޭނީ އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން 04 ފުރޮޅުލީ ވެހިކަލް އެންމެގިނަ އަދަދަކަށް އެތެރެކޮށްފައއިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ ތަޖުރިބާގެ މެދުގައި ލިބޭ % އެއް

10%

ތަޖުރިބާ

09 ޖުލައި 2018
ހޯދާ