މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
މިމަދަރުސާގެ ފާހާނާތަކުގެ ސިވަރޭޖްކަނެކްޝަން އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން  

 

މިމަދަރުސާގެ  ފާހާނާތަކުގެ ސިވަރޭޖްކަނެކްޝަން އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

 

ހއ.ކެލާ ޝެއިޚު އިބްރާހީމް ސްކޫލް، ފާހާނާތަކުގެ ސިވަރޭޖްކަނެކްޝަން އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއްހައިސިއްޔަތަކުންނެވެ. މަޢުލޫމާތުސާފްކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިއީމިކަމަށް ކުރެވޭ ހަތަރުވަނަ އިޢުލާން ކަމުގައި ދަންނަވަމެވެ. މިކަމާ ގުޅިގެ ކުރިން ކުރެވުނު ތިންވަނައިޢުލާން ( ނަމްބަރ: GS78/IULAAN/2017/15 )  މިނިސްޓްރީ އޮފް އެޑިޔުކޭޝަން އެންގުމުގެ މަތިން ކެންސަލްކުރަމެވެ.

 މަޢުލޫމާތު ސާފުކުރުން ފެށޭގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

12 ޖުލައި 2018  ވާ ބުރާސްފަތި ދުވަހުގެ 11:00

18 ޖުލައި 2018 ވާ ބުދަ ދުވަހުގެ 11:00

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިމަދަރުސާގެ އޭވީރޫމްގައެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް އެކަންޏެވެ

 

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ފޯނާއެވެ.

08 ޖުލައި 2018
ހޯދާ