ދިވެހިރާއްޖެ
ލ.ހިތަދޫ ސްކޫލް ހިތަދޫ ދިވެހިރާއްޖެ
|
|
ނަންބަރ: (IUL)GS-183/22/2018/1004
އިޢުލާން
ކޮމްޕިއުޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް |
މިސްކޫލްގެ 12 ކޮމްޕިއުޓަރ ސިސްޓަމް މަރާމާތޮކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 ޖުލައި 2018 ވާ އަންގާރަ ދުވަހު 13:00 ގައި މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖުލައި 2018 ވާ ހޯމަ ދުވަހު މެންދުރު 13:00 ގައި މިސްކޫލަށް އަންދާސީ ހިސާބު ހަށަހެޅުއްވުން އެދެމެވެ.
މިމަސައްކަތަށް ބީލަން ޙުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޞިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މިއިޢުލާނާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 7905759 މިނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮން އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
24 J 1439
8 ޖުލައި 2018
ޢަބުދުލް މުޢިޒް އަޙްމަދް
(ޕްރިންސިޕަލް)