އދ. ދިއްދޫ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

ދިއްދޫ ސްކޫލް

 

  އދ. ދިއްދޫ،

  ދިވެހިރާއްޖެ.

                                      އިޢުލާން ނަންބަރ: GS159/IUL/2018/13  

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. އދ. ދިއްދޫ ސްކޫލް މަލްޓިގްރޭޑް ކުރުމަށް ބޭނުންވާ ދެ ކުލާސްރޫމް އެޅުމަށް މި ސްކޫލުގެ ނަންބަރު GS159/2017/14 އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތަކުގެ ތެރެއިން 03 ފަރާތް ކޮލިފައިނުވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޖުލައި 09 އިން 2018 ޖުލައި 15 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ. 

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޖުލައި 16 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2018 ޖުލައި 18 ވާ ބުދަ ދުވަހުގެ 13:00 ގައި އދ. ދިއްދޫ ސްކޫލު އޮފީހުގައެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 2018 އޮގަސްޓް 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އދ. ދިއްދޫ ސްކޫލު އޮފީހުގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އދ. ދިއްދޫ ސްކޫލުން ލިބިވަޑައި ގަންނަވާނެއެވެ.

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އދ. ދިއްދޫ ސްކޫލް

ފޯން:  6680060/9880985

އީ-މެއިލް: [email protected]

 

 

24 ޝައްވާލް 1439

08 ޖުލައި 2018
ހޯދާ