ދިވެހިރާއްޖެ
ސާރކިއުލަރ
ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ބޭހުގެ ލިސްޓް "އެޕްރޫވްޑް ޑްރަގް ލިސްޓް" ގައި ހިމެނޭ Injection Fevastin ގެ އެކްޓިވް އިންގްރީޑިއެންޓްއަކީ Paracetamol 150mg/ml އެވެ. ނަމަވެސް މިހާރު އިމްޕޯރޓް ކުރާ މިބްރޭންޑް ގެ އިންޖެކްޝަން ގައި Paracetamol 150mg/ml ގެ އިތުރުން Lignocaine HCL 1% އާއި Benzyl Alcohol 1% ހިމަނާފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.
ވީމާ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ނުހިމެނޭ، މަތީގައިވާ ކޮމްބިނޭޝަން އެކުލެވޭ Fevastin Injection ރާއްޖެ އިމްޕޯރޓް ކުރުމާއި، ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެއްކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
އަދި ދަންނަވަމެވެ. ހަމައެކަނިParacetamol ހިމެނޭ Fevastin ގެ ނަމުގައި ތަފާތު ކޮމްބިނޭޝަން ހިމެނޭ ބޭސް Fevastin ގެ ނަމުގައި އިމްޕޯރޓްކޮށް ވިއްކުމަކީ ، ބޭސް ޕްރިސްކްރައިބް ކުރާ އަދި ބޭނުން ކުރާ ފަރާތް ތަކަށް އޮޅުން އަރާ ފަދަ ކަމަކަށް ވާތީ، Injection Fevastin އެޕްރޫވްޑް ޑްރަގް ލިސްޓުން މިއަދުން ފެށިގެންވަނީ އުނިކޮށް ޖެެނެރިކްކޮށް Paracetamol 150mg/ml ) ( ޕްރީއޮތޮރައިޒޭޝަން ނަގަން ޖެހޭ ޕްރޮޑަކްޓެއްގެ ގޮތުގައި ވާނީ ހިމަނައިފައެވެ.
އެހެންކަމުން މީގެ ފަހުން Injection Fevastin އިމްޕޯރޓް ކުރުމުގެ ކުރިން ޕްރީއޮތޮރައިޒޭޝަން ނެގުމަށާއި، އަދި Injection Fevastin ގެ މަތީގައިވާ ކޮމްބިނޭޝަން އިމްޕޯރޓް ކުރުމާއި، ވިއްކުމަކީ މަނާ ކަމެއް ކަމުގައި އަންގާ އިޢުލާން ކުރަމެވެ.
03 ޖުލައި 2018
