|
މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)
|
ބޭނުންވާ ޢަދަދު: 1
|
ވަޒީފާގެ ބާވަތް/މުއްދަތު: ވަގުތީ/1 އަހަރު
|
|
މުސާރަ
|
މަހަކު5020.00 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު 1650.00 ރުފިޔާ
|
|
އޮފީސް
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
|
ރޭންކް
|
GS4
|
ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
|
މަޤާމުގެ ޝަރްޠުތައް:
|
1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުންދިވެހިރާއްޖޭގެގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،
2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
3. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ހަމަޖެހިފައިވާ ތާވަލާއި އެއްގޮތަށް ރިސެޕްޝަން ހުޅުވާލެއްޕުން. އަދި ބަންދު ދުވަސްތަކާއި އިތުރުގަޑީގައި ރަސްމީކަމެއް މެދުވެރިވުމުން ރިސެޕްޝަން ހުޅުވުމާއި ލެއްޕުމުގެ މަސައްކަތް ކުރަންޖެހުމުން އެކަންކުރުން.
- ރިސެޕްޝަނުން ޚިދުމަތް ހޯދުމަށް އަންނަ ދަރިވަރުންނަށް ޖަވާބުދާރީވުން.
- ޔުނިވަރސިޓީ އަށް ތަފާތު ޚިދުމަތްތައް ހޯދަން އަންނަ ފަރާތް ތަކަށް ފުރިހަމައަށް ޚިދުމަތް ދިނުން.
- ޔުނިވަރސިޓީ އަށް އެކިފަރާތްތަކުން ފޮނުވާ / ލިބޭ ސިޓީ ފަދަ ތަކެތި ބަލައިގަނެ އެ ތަކެތި ރައްދުކުރަން ޖެހޭ ފަރާތްތަކަށް ރައްދުކުރުން.
- މަސައްކަތް އިތުރަށް ފުރިހަމަ ކުރެވޭނޭ ޒަމާނީ އާ ގޮތްތަކާއި ވަސީލަތްތައް ހޯދައި ބޭނުންކުރުން.
- އަދި މީގެ އިތުރުން އިދާރީ މުވައްޒަފަކު ސަލާމް ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން ވެރިން އަންގަވާގޮތުގެމަތިން އޭނާގެ މަސައްކަތް ކުރުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)
|
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ. ސިޓީ ފޮނުވޭނީ ހުށަހަޅާފައިވާ އެޕްލިކޭޝަންގައިވާ އީމެލަށެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން މެންދުރު ފަހު 15:00 ން ރޭގަނޑު 21:00 އާ ދެމެދު އެވެ.
|
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
18 ޖުލައި 2018 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.
|
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022116 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|