މަޤާމް:
|
ލައިބްރޭރިއަން
|
މަޤާމުގެ ނަންބަރު:
|
J-270131
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް.އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ޤައުމީ ކުތުބުޚާނާ، ކ.މާލެ
|
މަސައްކަތު ގަޑި
|
މެންދުރު 12:00 ން އިރުއޮއްސި 6:00 ށް ދުވާލަކު 6 ގަޑިއިރުއެވެ. 30 މިނިޓް ބްރޭކް ލިބޭނެ.
އަދި އެ މުވައްޒަފުން ހޮނިހިރު ދުވަހުވެސް މަސައްކަތަށް ހާޒިރުވާންޖެހޭނެއެވެ.
|
މުސާރަ:
|
-/6295 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
-/2000 ރުފިޔާ
|
އިތިރު އިނާޔަތްތައް:
|
- ލައިބްރަރީ ސައިންސްގެ ތަޢުލީމީ ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މަޤާމުގެ އަސާސީ މުސާރައިގެ %28 އެލަވަންސެއް ގެ ގޮތުގައި ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގޮތުގައި -/900 ރުފިޔާ ލިބޭނެއެވެ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކަލެކްޝަންތައް ބަލަހައްޓަން ތިބޭ މުވައްޒަފުންގެ މަސައްކަތް ( ޑުވީޑެސިމަލް ކްލެސިފީކޭޝަން ސްޓޭންޝެލްފް ތަރުތީބުކުރުން އަދި ހަވާލުކޮށްފައިވާ އެހެން މަސައްކަތް) ދުވަހުން ދުވަހަށް މޮނިޓަރކޮށް ސުޕަވައިޒްކުރުން.
- ސަކިއުލޭޝަން ކައުންޓަރުގެ ފައިސާގެ ކަންތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބެލެހެއްޓުން އަދި ދުވަސް ނިމުމުން ތިޖޫރީއަށް ފައިސާލުން.
- ކަސްޓަމަރ އިންކުއަރީޒް ( ފޯން، ފޭސް ޓު ފޭސް، އޮންލައިން)، ވިޒިޓްސް އަދި އެހެނިހެން މުހިންމު ސްޓެޓިސްޓިކްސް ޝީޓް އެކުލަވާލުމުގެ މަސައްކަތްކުރުވުން.
- ލައިބްރަރީ އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގުން.
- ލައިބްރަރީގެ ފަރާތުން އިންތިޒާމްކޮށް ކުރިއަށްގެންދާ ބޮޑެތި ޕްރޮޖެކްޓްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
- ކަސްޓަމަރުންނަށް މަޢުލޫމާތު ހޯދައި ދިނުމަށްޓަކައި އޯޕެކްގެ އެހީގައި އަދި އެހެނިހެން ގޮތްގޮތުން ކަސްޓަރމަރުންނަށް ލަފަ އާއި އިރުޝާދު ދީ މަޢުލޫމާތު ހޯދައިދިނުމުގައި އެހީތެރިވުން.
- ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ މަސައްކަތްކުރާގޮތުގެ ޓޭބަލް ސެކްޝަން ހެޑްގެ ލަފާގެ މަތިން ތައްޔާރުކުރުން.
- ލައިބްރަރީ ސަރވިސްގެ މަސައްކަތް ހަލުވިކޮށް ތަރައްޤީކުރުމަށް މަސައްކަތް ކުރުން.
- ޔުނިޓަށް ބޭނުންވާ ތަކެތި ހުރިތޯ ބަލައި، ހުސްވާ ތަކެތި ސްޓޮކުން ނެގުން. ސްޓޮކްގައި ނުހުންނަ ތަކެތި ސެކްޝަން ހެޑާ މަޝްވަރާކޮށްގެން ހޯދުން.
- -މުވައްޒަފުން ބޭނުންކުރާ އަދި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާ ކޮމްޕިއުޓަރ/ ޕްރިންޓަރ/ ފޮޓޯކޮޕީ މެޝިން ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް އައި.ޓީ ޔުނިޓަށް އަންގާ ހައްލުކުރުމަށް މަސައްކަތްކުރުން.
- ލައިބްރަރީގެ ކަލެކްޝަނަށް އިތުރުވަމުންދާ އެކި ފޯމެޓްގެ ތަކެއްޗާއި އަދި ޚާއްސަ ދުވަސްތަކާ ނުވަތަ އެކި މައުޟޫއާ ގުޅޭގޮތުން ތަކެތީގެ ޑިސްޕްލޭ ތައްޔާރު ކުރުވުން.
- ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުން.
- ސަރވިސް ޔުނިޓުގެ މުވައްޒަފުންގެ ޑިއުޓީ ޓޭބަލް ޔުނިޓުގެ ވޯކްޕްލޭނާ އެއްގޮތަށް ތައްޔާރުކޮށް މަސް ފެށުމުގެ 3 ދުވަސްކުރިން މުވައްޒަފުންނަށް އެންގުން.
- އޮފީހުން އަންގާ ގޮތެއްގެ މަތިން ސަރވިސަސް ޔުނިޓުގައި މަސައްކަތްކުރުން.
- ޔުނިޓަށް ބޭނުންވާ ޕްރޮސީޖަރތައް ފާހަގަކޮށް ސެކްޝަން ހެޑަށް އެންގުން.
- ލައިބްރަރީ ކޮމްޕިއުޓަރ ނެޓްވާކްގެ ޔުނިޓް ފޯލްޑަރ އަޕްޑޭޓް ކުރުން.
- އޮފީހުގެ މަސައްކަތް އިތުރަށް ރަނގަޅުކުރެވޭނެ ގޮތާމެދު ބިނާކުރަނިވި ހިޔާލު ފާޅުކުރުން.
- ކޮންމެ ސްޓާފަކާއެކު ވަކިން މަންތްލީ ޕަރފޯމަންސް އެޕްރެއިޒަލް މީޓީންގ ބޭއްވުން.
- މަސައްކަތާގުޅޭ ހުރިހާ މުއާމަލާތްތައް ލިޔުމުން މުވާޞަލާތު ކުރުން، މިގޮތުން އީމެއިލުން މުޢާމަލާތުކުރުމަށް ސަމާލުކަން ދިނުން، ޤަވާއިދުން އީމެއިލް ޗެކްކޮށް އީމެއިލް ތަކަށް ޖަވާބުދިނުން.
- އޮފީހުން އިންތިޒާމްކޮށް އަދި މީގެ އިތުރުން ހޯދައިދޭ ޓްރޭނިންގ ފުރުސަތުތަކުގައި ބައިވެރިވުން.
- މަސައްކަތުގެ މަންތްލީ، ވީކްލީ އަދި ޑެއިލީ ޕްލޭން ހެދުން.
- ޔުނިޓުގެ ވޯކްޕްލޭން ހެދުމުގައި، ޔުނިޓުގެ އެހެނިހެން މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ޔުނިޓް ފެންވަރުގައިކުރެވޭ މަސައްކަތުގައި ސެކްޝަން ހެޑަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ލައިބްރަރީ ދާއިރާގެ އައު ކޮންސެޕްޓް ތަކަށް ރިސާރޗް ހެދުމާއި އެކަންތައްތައް ތައާރަފްކުރުމަށް މަސައްކަތްކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ބިޒްނަސް މެނޭޖްމަންޓް ނުވަތަ ލައިބްރަރީ ސައިންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ތަޢުލީމީ ރޮންގުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން (www.nlm.gov.mv) ލިބެން ހުންނާނެ)
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖޫން 16 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ޤައުމީ ކުތުބުޚާނާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3313712 އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ޖުލައި 17 ވަނަ ދުވަހާއި 2018 އޯގަސްޓް 16 ވަނަ ދުވަހާ ދެމެދު، ޤައުމީ ކުތުބުޚާނާ، (މިއުޒިއަމް ބިލްޑިން އޭ) ގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3007200 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3313712 އެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.
|