ދިވެހިރާއްޖެ
ޖުލައި 2018 ތާރީޙް: 05 GS160/2018/194 ނަމްބަރ:
.........................................................................................................................................................................
އިޢުލާން
ނަންބަރު: GS160/2018/194
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2018
ސުންގަޑި: 18 ޖުލައި 2018 ، 12:00
ސްކޫލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސްކުރުން 2018
މި މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުން 08 ޖުލައި 2018 އިން 07 ޖުލައި 2019 އަށް ( 01 އަހަރަށް ) ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އެގޮތުން މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް ކުރަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ' މި މަސައްކަތާއިބެހޭ މަޢުލޫމާތު ޝީޓް ' އަދި ' ސަރުކާރުގެ ސްކޫލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އުސޫލު ' މިއަދުން ފެށިގެން ސްކޫލުން ލިބެން ހުންނާނެއެވެ.
އަދި ދަންނަވަމެވެ. މި މަސައްކަތާއިބެހޭ މަޢުލޫމާތު ޝީޓް ސްކޫލުން ނަންގަވައި، މަޢުލޫމާތު ޝީޓް ރަނގަޅަށް ވިދާޅުވުމަށްފަހު ސްކޫލުން ދޫކުރާ މަސައްކަތުގެ ބިޑް ހުށަހަޅާ ފޯމް ފުރުއްވުމަށްފަހު 18 ޖުލައި 2018 ވާ ބުދަ ދުވަހުގެ 12:00 އަށް ބިޑް ހިއްޕަވައިގެން ސްކޫލަށް ހާޒިރުވުމަށް ދަންނަވަމެވެ. ކޮންމެ ބޭފުޅެއްގެ ބިޑްވެސް ހިއްޕަވައިގެން ދުރުވާނީ އެ ބޭފުޅެކެވެ. ނުވަތަ އެ ބޭފުޅެއްގެ ޒިންމާ ނެންގެވޭނޭފަދަ ޒިންމާދާރު އެހެން ބޭފުޅެކެވެ. އަދި ކޮންމެ ބޭފުޅަކަށްވެސް / ފަރާތަކަށްވެސް ހުށަހެޅޭނީ އެއްބިޑް ޑޮކިއުމަންޓްކަމުގައިވެސް ދަންނަވަމެވެ.
21 J 1439
05 ޖުލައި 2018