މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ނަފާދޯނީގެ އިންޖީނު އޯވަރހޯލް ކުރުން

        ނަފާދޯނީގެ އިންޖީނު އޯވަރހޯލް ކުރުމަށް މިއިދާރާއިން ކުރެވިފައިވާނަންބަރު: (IUL)335-AS/335/2018/44) އިޢުލާން އާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ މަޢުލޫމާތު ސާފްކުރި ފަރާތްތަކުންކަމަށް ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

        ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

        މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

        މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

05 ޖުލައި 2018
ހޯދާ