އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވަކާލާތު ކުރުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލުން

ޤާނޫނު ނަންބަރު 2008 /6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައިވާ ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާބެހޭ ގަވާއިދު އިޞްލާޙުކުރުމުގެ މަސައްކަތްތައް ކުރިއަށް މިހާރު ހިނގަމުންދާތީ، މިއޮފީހުން މިހާރު އަމަލުކުރަމުންގެންދާ "ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލު" ގެ ދަށުން ހުއްދަދޫކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މެދުކަނޑާލުމަށް ނިންމައިފީމެވެ. 

އަދި މިއޮފީހުން މި މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާބެހޭ ގަވާއިދަށް ގެނެވޭ އިޞްލާޙުތަކަށް އަމަލުކުރަން ފެށުމުންކަމަށްވާތީ، މިއޮފީހުން ވަކިގޮތަކަށް ޢާންމުކޮށް އިޢުލާންކުރަންދެން ވަކާލާތުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުގެ ލިޔުންތައް ބަލައިގަތުން މިއަދުން ފެށިގެން މެދުކަނޑާލައިފީމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

14  ޞަފަރު  1435 

17 ޑިސެންބަރު 2013
ހޯދާ