ދިވެހިރާއްޖެ
އިއުލާން
މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށް އެކްސްޓާރނަލް އެގްޒަރމިނަރސް ހޯދުމާއިބެހޭ
މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި އެކްސް ޓާރނަލް އެގްޒަރމިނަރުންގެ ގޮތުގައި ރެޖިސްޓަރީވުމުގެ ފުރުޞަތު އިތުރުކުރުމުގެ ގޮތުން އަލުން އިޢުލާން ކޮށް، ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ. އަދި ކުރީގެ އިއުލާނުގައި ވާގޮތުގެ މަތިން ރެޖިސްޓްރީ ވުމަށް ހުށަހަޅުއްވާފައިވާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުށަހަޅަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ.
އެކްސްޓާރނަލް އެގްޒާމިނަރެއްގެ ގޮތުގައި މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ރެޖިސްޓްރީ ވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް
- ނާރސިންގ ގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ނުވަތަ އެއާއެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީފެންވަރުގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
- މޯލްޑިވްސް ނާރސިންގް ކައުންސިލުގައި ރަޖިސްޓަރީކޮށް ލައިސަންސަސް ލިބިފައިވާ ފަރާތެއް ކަމުގައިވުން
- މަޤާމާއި ގުޅޭ 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- ޕްރެކްޓިކަލްއެގްޒާމްގައި މަދުވެގެން 2 ފަހަރު، ދަރިވަރުން އެސެސްކޮށްފައިވުން
ހުށަހަޅަން ޖެހޭލިޔެކިއުން
- އެކްސްޓަރނަލް އެގްޒާމިނަރެއްގެ ގޮތުގައި ރެޖިސްޓްރީ ވުމަށް އެދި ހުށަހަޅާސިޓީ( އިޢުލާނު ނަންބަރާއިއެކު)
- ދިވެހިރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- މޯލްޑިވްސް ނާރސިންގއެންޑް މިޑްވައިފަރީ ކައުންސިލުގައި ރަޖިސްޓަރީކޮށް ލިބިފައިވާ ލައިސަންސަސް އަދި ރެޖިސްޓަރޭޝަންގެ ކޮޕީ (ރަސްމީ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާއި އެއްގޮތް ތައްގަނޑުޖެހި)
- ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ރަސްމީ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާއި އެއްގޮތް ތައްގަނޑުޖެހި)
- މަޤާމާއި ގުޅޭ 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން
- ވަޒީފާގައި އުޅޭކަމުގެ ރަސްމީ ލިޔުން
- ޕްރެކްޓިކަލްއެގްޒާމްގައި މަދުވެގެން 2 ފަހަރު ދަރިވަރުން އެސެސްކޮށްފައިވާ ކަމުގެ ލިޔުން.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2018 އޮގަސްޓު 01ވާ ބުދަދުވަހުގެ 12:00 ގެ ކުރިން މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ހުންނަ މިނިސްޓްރީ އޮފް ހެލްތުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "އެކްސްޓާރނަލް އެގްޒާމިނަރެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދި" މިހެން ލިއުއްވަންވާނެއެވެ.
އިތުރު މަޢޫލޫމާތު
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް 3014468 ފޯނާއި ގުޅުއްވުން އެދެމެވެ.
