މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރަސްމިއްޔާތުތައް ބޭއްވުމަށް ޓެންޓު ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

ބީލަން ހުށަހެޅުމުގެ ދައުވަތު


ރަސްމިއްޔާތުތައް ބޭއްވުމަށް ޓެންޓު ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

 

މިމިނިސްޓްރީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢުތަކުގެ ޚިދުމަތް ދިނުން ފެށުމުގެ ރަސްމިއްޔާތުތަށް ބޭއްވުމަށް 15 ޖުލައި 2018ގައި ހއ. ކެލާ، ހއ. ދިއްދޫ، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ އަދި ހދ. ނޮޅިވަރަމުގައި އަމިއްލަ ތަކެތީގައި ތިރީގައި މިދަންނަވާ ގޮތަށް ޓެންޓް ހެދުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވައިލަމެވެ.

  • 40ފޫޓްX80ފޫޓް ޓެންޓް
  • ޓެންޓް ވަށައިގެން ފަރުދާ ލެވިފައި (ސަތަރި/ފޮތި ދޮރު)
  • އަވިނުވާ ގޮތަށް އަދި ވާރޭ ނުވެހޭ ގޮތަށް ހިޔާކުރެވިފައި
  • ސަތަރި/ފޮތި ކުލަ: ހުދުކުލަ

 

  • މި މިސައްކަތުގެ "ބީލަން ފޮތް" އަދި "އަގު ހުށަހަޅާ ފޯމް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

 

  • ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން އިން 08 ޖުލައި 2018ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ގުޅޭނެ ނަންބަރު ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

  • މިމަޝްރޫޢުއާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 8 ޖުލައި 2018ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސްއަށް އީމެއިލް ކުރަންވާނެއެވެ.

 

  • ހުށަހަޅަށްޖެހޭ ތަކެތި:
  • މަސައްކަތްކޮށްދޭ އަގު (ފައިނޭންޝަލް)
  • ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު/ ޕާސްޕޯޓު ކޮޕީ/ ވިޔަފާރި ރެޖިސްޓްރޭޝަން ކޮޕީ
  •  ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ

އިވެލުއޭޝަން ކްރައިޓިރިޔާ:

  • އަގު 80 މާރކްސް ((lowest price/quoted price x 80 (އަގުގެ ގޮތުގައި ބަލާނީ ބީލަން ފޮތުގައިވާ އަގު ފޯމް-1 ގެ ވާ އަގުގެ ރަށަކަށް ޖެހޭ ރޭޓުގެ ޖުމްލައެވެ.)
  • ތަޖުރިބާ 20 މާރކްސް (ކޮށްފައިވާ މިބާވަތުގެ (ޓެންޓް ނުވަތަ ޕެވެލިޔަން ހެދުން/ސަޕްލައި ކުރުން/ އިންސްޓޯލްކުރުން) ކޮންމެ މަސައްކަތަކަށް 5 މާރކްސްގެ އުސޫލުން ގިނަވެގެން 20 މާކްސް)
  • މަދުވެގެން ތަޖުރިބާގެ ގޮތުގައި އެއް މަސައްކަތް  ކޮށްފައި ހުންނަން ޖެހޭނެއެވެ.

ބީލަން ހުށަހަޅަންޖެހޭ ސުންގަޑި:

ބީލަން ހުޅުވުން އޮންނާނީ 09 ޖުލައި 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި، މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބީލަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބީލަން ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ. 

03 ޖުލައި 2018

03 ޖުލައި 2018
ހޯދާ