ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމް 2019-2020

       ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމްގެ ދަށުން ގްރެޖްއޭޓް ލެވެލް ނޮންޑިގްރީ އެކަޑަމިކް ކޯސްވަރކް އަދި ޕްރޮފެޝަނަލް ޑިވަލޮޕްމެންޓް އެކްޓިވިޓީ އަހަރެއް ޔުނައިޓެޑް ސްޓޭޓްސް ގައި ފުރިހަމަކުރުމުގެ ފުރުޞަތު 3 ފަރާތަކަށް ދެއްވުމަށް ހަމަޖެހިފައިވާކަން އެ ފަރާތުން ވަނީ އަންގަވާފައިވެއެވެ. މިކޯސްތަކަށް ކުރިމަތިލެއްވުމުގެ ޝަރުތުތަކާއި އެޕްލައިކުރެއްވޭނެ ދާއިރާތަކާއި އިތުރުމައުލޫމާތު މިޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

         ވީމާ،ހޫބަރޓް އެޗް.ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމްގެދަށުން ކިޔެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 އޯގަސްޓް 2018 (ބުދަ) ދުވަހުގެ ކުރިން ތިރީގައިވާ ލިންކްގައި ޔޫސަރ އެކައުންޓެއް ކްރިއޭޓްކުރެއްވުމަށްފަހު އޮންލައިންކޮށް އެޕްލައިކުރެއްވުންއެދެމެވެ. އަދި އެޕްލައިކުރެއްވިކަން ދިވެހިރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރަށް އީމެއިލް އަކުން އެންގެވުންއެދެމެވެ. އަދި މިކޯހަށް ނޮމިނޭޓްވާ ފަރާތްތަކަށް ބާއްވަވާ އިންޓަރވިއު މިއަހަރުގެ ސެޕްޓެންބަރު މަހުގައި އޮންނާނެކަން ސްކޮލަރޝިޕްދެއްވާ ފަރާތުންވަނީ އަންގަވާފައެވެ.

 

American Center email ID: [email protected]

Online application by creating user account: https://humphreyfellowship.org/embassies-and-commissions

02 ޖުލައި 2018
ހޯދާ