ދިވެހިރާއްޖެ
ވވަޒީފާގެ ފުރުޞަތު |
ނަންބަރ : 32/2018A/-65-GS |
ތާރީޚު : 03 ޖުލައި 2018 |
މަޤާމު : |
ރިލީފް ޓިޗަރ(ޕްރައިމަރީ، ޕްރީސްކޫލް، އެޗް.ޕީ.އީ، އަރަބި) |
މަޤާމުގެ ނަމްބަރ: |
- |
ބޭނުންވާ ޢަދަދު: |
ރިލީފް ޓީޗަރ ޕްރައިމަރީ (03) ރިލީފް ޓީޗަރ ޕްރީސްކޫލް (01) ރިލީފް ޓީޗަރ އަރަބި (01) ރިލީފް ޓީޗަރ އެޗް.ޕީ.އީ (01) |
މަޤާމްގެ ގިންތި: |
ކޮންޓްރެކްޓް (3 މަސް) |
ސެކްޝަން: |
އެކަޑަމިކް |
މަޤާމް އޮތް އޮފީސް: |
ވިލުފުށީ ސްކޫލް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ވިލުފުށީ ސްކޫލު / ތ.ވިލުފުށި |
މަޤާމް |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުތު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަނސް |
ރިލީފް ޓީޗަރ |
- |
- |
ހ- ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން. (ގުރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގް ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިހާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމް ފުރިހަމަ ކުރިކަމަށް ބެލެވޭނެއެވެ. އަދި ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.) |
4500.00 ރުފިޔާ |
1500.00 ރުފިޔާ |
ށ- މަތީ ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން. (ގުރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގް ސެޓްފިކެޓެއް ނުވަތަ ގުރޭޑް 12 ނިންމާ އިމްތިހާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމް ފުރިހަމަ ކުރިކަމަށް ބެލެވޭނެއެވެ. |
5500.00 ރުފިޔާ |
||||
ނ- ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން |
6090.00 ރުފިޔާ |
2500.00 ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތު : |
- ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން. - ކިޔަވައިދިނުމަށްހަމަޖެހިފައިވާ ކުދިންނަށް އެ އަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާއިއެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ، އެކުދިންނަށްޙާސިލުވާންޖެހޭ މިންވަރަށް އެންމެ ފުރިހަމައަށް ޙާސިލުކޮށްދިނުމަށްމަސައްކަތްކުރުން. - ސްކޫލުން ކަނޑައަޅާފައިވާއުސޫލާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށްއޮންނަހަފުތާއަށް) ތައްޔާރުކޮށް ސުޕަވައިޒަރަށް ދެއްކުން. - ސްކޫލުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ސްކީމް އޮފް ވޯކް ފުރިހަމަކޮށް ނިންމުން. - މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައްޔާއި، ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމައަށް ބައިވެރިވުން. - ސްކޫލުން ބާއްވާ ސްޓާފްމީޓިންގތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި،މުދައްރިސެއްގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގަވާ ކޮންމެބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން. - ކުދިންގެ ފޮތްތަކާއި ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި މާކްކުރުން. - މުވައްޒަފުގެ އަމިއްލަކުރިއެރުމަށް ހިތްވަރާއެކު މަސައްކަތްކޮށް، ސްކޫލުން ބޭނުންވާ ފެންވަރަށްމުއައްޒަފުގެ ފަންނީ ޤާބިލުކަމާއި ޢިލްމީ ޤާބިލްކަން ކުރިއެރުވުން. - ސްކޫލުގެ ދަރިވަރުންގެ އަޚްލާޤާއި ސްލޫކާއި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުން. - ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން. - ކިޔަވައިދިނުމަށް ބޭނުންވާ އިތުރު އެހީތައް ބޭނުންވެއްޖެ ހިނދެއްގައި، އެތަކެތި އުފައްދައިގެން ބޭނުންކުރުން. - ކްލާހުގައި ހޭދަކުރާގަޑިތަކުގައްޔާއި، ސްކޫލްތެރޭގައި ހޭދަކުރާ ވަގުތުތަކުގައްޔާއި، ސްކޫލުންބޭރުގައި ހޭދަކުރާ ވަގުތުތަކުގައި އަޚްލާޤަށް ސަމާލުކަން ދިނުމާއި، ކުދިންއެގޮތުގައި ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރުން. - ލީޑިންގ ޓީޗަރުންއަންގަވާގޮތެއްގެ މަތިން އިމްތިޙާންތައް ތައްޔާރުކުރުމާއި، އިމްތިޙާންތައްހިންގުމާއި، އިމްތިޙާން ކަރުދާސްތައް މާކުކުރުމާއި، އިމްތިޙާންތަކާ ގުޅޭއެންމެހައި ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން. - ކިޔަވައިދޭ ސެޝަންގެކްލާސްތަކުގައި ދަރިވަރުންގެ އުނގެނުމާއި އަޚްލާޤާ ގުޅޭގޮތުން ކުދިންނާއިބެލެނިވެރިންނަށް އޮޅުންފިލުވައިދީ ނަސޭހަތްތެރިވުން. - މުވައްޒަފު ނިސްބަތްވާހައުސް/ކްލަބް/ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި އެ މުވައްޒަފެއްގެޤާބިލްކަންހުރި އެންމެމަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށްމަސައްކަތްކުރުން. - ކިޔަވައިދޭވަގުތުތަކުގައްޔާއި، ކިޔަވައިދިނުމާ ގުޅޭ ހަރަކާތްތައް ހިންގާވަގުތުތަކުގައި، ކުދިންގެ ކަންކަމުގައި ޒިންމާވެ، އެކުދިން އެކަނިދޫކޮށްނުލުން. - ދަރިވަރުން ގެންގުޅޭޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް އިސްރާފުކުޑަކޮށްގެންގުޅެވޭނެގޮތް ދަސްކޮށްދީ، އެކަމަށް ބާރު އެޅުން. - ދިވެހި ސަރުކާރުގެޤަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުތަކާއި، މިނިސްޓްރީ އޮފްއެޑިއުކޭޝަނާއި ސްކޫލުގެ އެންމެހައި ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތުން. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 ޖުލައި 2018 އާ 14 ޖުލައި 2018 އާ ދެމެދު ތ.ވިލުފުށީ ސްކޫލުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު ސާފުކުރުމަށް: |
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލުގެ ނަންބަރު 7940633 ފޯނަށް ގުޅުއްވުން އެދެމެވެ. އީ މެއިލް ކުރާނީ[email protected] އަށެވެ. ނޯޓް: މި އިޢުލާނާއި ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. |
ނަންބަރ : 32/2018A/-65-GS |
ވވަޒީފާގެ ފުރުޞަތުތު |
ތާރީޚު : 03 ޖުލައި 2018 |