ދިވެހިރާއްޖެ
ނަންބަރު: IUL)120/1/2018/35)
އިޢުލާން
ޗީފު އިންވިޖިލޭޓަރު ކަމާއި އިންވިޖިލޭޓަރުކަން ކޮށްދޭނެ މީހުން ހޯދުން
މިޑިޕާޓްމަންޓުން ހިންގާ އެކިއެކި އިމްތިޙާން ތަކުގެ ޗީފު އިންވިޖިލޭޓަރު ކަމާއި އިންވިޖިލޭޓަރުކަން ކޮށްދޭނެ މީހުން ހޯދުމަށް ކުރި IUL)120/1/2018/20) ނަމްބަރު ޢިއުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ، އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ މީހުން އެކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު ފުރުމަށްފަހު 2018 ޖުލައި 5 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިޑިޕާޓްމަންޓް ހިނގަމުންދާ، ފިލާބިލްޑިންގ2 ގެ 2 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ.
ޗީފް އިންވިޖިލޭޓަރުކަމާއި އިންވިޖިލޭޓަރުކަމަކީ މަތީ ތަޢުލީމުގެ މަރްޙަލާގައި ކިޔަވާ ކުދިންނަށާއި އެހެން ވަޒީފާއެއް އަދާކުރާ މީހުންނަށް، ހަމަ އެހެންމެ ވަޒީފާއެއް އަދާނުކޮށް ތިބޭ މީހުންނަށްވެސް އާމްދަނީއެއް ހޯދުމަށާއި ތަޢުލީމީ ދާއިރާގެ މަސައްކަތެއްގެ ތަޖުރިބާ ހޯދުމުގެ ގޮތުންވެސް ކުރެވިދާނެ ރަނގަޅު މަސައްކަތެކެވެ. ޢާއްމު ގޮތެއްގައި އިމްތިޙާނު އޮންނާނީ ހެނދުނާއި މެންދުރުފަހުގައެވެ.
ޗީފު އިންވިޖިލޭޓަރު ކަމާއި އިންވިޖިލޭޓަރުކަމަށް އެދޭ އެޕްލިކޭޝަން ފޯމް، މިޑިޕާޓްމަންޓުން ލިބޭނެއެވެ. އަދި މި ފޯމް ތިރީގައިވާ ލިންކް މެދުވެރިކޮށްވެސް ލިބޭނެއެވެ.
http://www.dpe.edu.mv/mediamanager/chief_&_invigilators_application_form.pdf
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިޑިޕާޓްމަންޓުގެ ފޯނު ނަމްބަރު 3009393 އަށް ގުޅުން އެދެމެވެ.
18 ޝައްވާލު 1439
2 ޖުލައި 2018