ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޖުމްހުރީ ޗެމްޕިއަންސް އަދި ޕްރީމިޔަރ ލީގް

3 ވަނަ ޖުމްހޫރީ ޗެމްޕިއަންސް އަދި ޕްރީމިޔަރ ލީގް 2018

މި ބޯރޑުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ 3 ވަނަ ޖުމްހޫރީ ޗެމްޕިއަންސްއަދި ޕްރީމިޔަ ލީގްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.  މި މުބާރާތުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގެ ދަށުން ސްޕޯރޓްސްކައުންސިލް އަދި މިބޯރޑުގެ ރަޖިސްޓަރީގައިވާ ކްލަބް ޖަމިއްޔާ އަދި އެކަޑަމީ ތަކަށެވެ.

މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. (15 ޖުލައި 2018 – ހުކުރު)

މި މުބާރާތުގެ ޗެމްޕިއަންސް ލީގްއަށްވަނީ ބަދަލެށް ގެނެވިފައެވެ. މި އަހަރުގެ ޗެމްޕިއަންސް ލީގްގެ ކޮންމެ ޓީމެއްގައިވެސް ގިނަވެން ރަޖިސްޓަރީ ކުރެވޭނީ 4 ބިދޭސީ ކުޅުންތެރިންއެވެ.

ވީމާ މި ދެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7 ޖުލައި 2018 ވަނަ ދުވަހުގެ 14:00ގެ ކުރިން މުބާރާތުގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް ފުރުމަށްފަހު އީމެއިލް ނުވަތަ ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސްއަށް ފޮނުވާދެއްްވުނަ އެދެމެވެ.

މުބާރާތުގައި ކޮންމެ ޓީމެއްގައިވެސް ރަޖިސްޓަރީ ކުރެވޭނީ 15 ކުޅުންތެރިންއާއި ތިން އޮފިސަލުންއެވެ.

[email protected]  form available www.maldivescricket.org  3325503  7774761

02 ޖުލައި 2018
ހޯދާ