ދިވެހިރާއްޖެ
ނަމްބަރ: IUL)244-ESMSMS/244/2018/31
އިޢުލާން
ހއ.ތުރާކުނު މަގުގޯޅިތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ހޮޅިދަނޑިތަކުގެ ބުޑުތައް އެޅުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު:IUL)244-ESMSMS/244/2018/21 (26 އޭޕްރީލް 2018) އިޢުލާނާއި ގުޅިގެން ފޯރުކޮށްދެވިފައިވާ މަޢުލޫމާތު ޝީޓް އިތުރަށް މުރާޖަޢާކުރުމަށް ބޭނުންވާތީ އަދި ހުށަހަޅާފައިވާ ކޯޓޭޝަންގައިވާ އަގު ބޮޑުކަމަށް ފެންނާތީ، އެޢިއުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މިއިދާރާއަށް ޙާޟިރުވެ ނުވަތަ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް މިއިދާރާއަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް އެދި ހުށަހަޅުއްވާ ކޯޓޭޝަން ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރުމަށް ފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި "ހއ.ތުރާކުނު މަގުގޯޅިތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ހޮޅިދަނޑިތަކުގެ ބުޑުތައް އެޅުމުގެ މަސައްކަތް" މިގޮތަށް ލިޔުއްވަންވާނެއެވެ. އަދި ކޯޓޭޝަން ހުށަހަޅުއްވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ކޯޓޭޝަން ކެނޑުން އޮންނާނީ 12 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، ކޯޓޭޝަން ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. ކޯޓޭޝަން ހުށަހެޅުއްވުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް މިއިދާރާގެ ނަމްބަރު 6500035، 6500104 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.