މަޤާމް:
|
އެސިސްޓެންޓް ޓެކްނީޝަން
|
މަޤާމުގެ ނަންބަރު:
|
145
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެސް.އެސް 4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 4
|
ސެކްޝަން:
|
އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް
|
މަޤާމް އޮތް އޮފީސް:
|
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ
|
މުސާރަ:
|
4,200.00 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
1,000.00 ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
1.
|
ކަރަންޓް ދޫކުރުމަށްފަހު ކަރަންޓް ލައިންތަކުގައި ނުވަތަ ޕެނަލްބޯޑުތަކުގައި މައްސަލައެއް ހުރިތޯ ބަލައި ޗެކްކުރުމާއި މައްސަލައެއް ހުރިނަމަ ރަނގަޅުކުރެވެން ހުރިކަމެއް ރަނގަޅުކުރުމާއި ރަނގަޅުކުރެވެން ނެތްކަމެއް ލަސްނުކޮށް އިންޖީނުގެއާ ޙަވާލުވެހުންނެވި ވެރިޔަކަށް އެންގުމާއި އެކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން.
|
|
2.
|
އިންޖީނުގޭގައި ބޭނުންކުރާ އިންޖީނުތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމާއި އިންޖީނުތަކުގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް އެކަމެއް ރަނގަޅުކުރުމާއި ރަނގަޅުކުރެވެން ނެތްކަމެއް ލަސްނުކޮށް އިންޖީނުގެއާ ޙަވާލުވެހުންނެވި ވެރިޔަކަށް އެންގުމާއި އެކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން.
|
|
3.
|
ޖަނަރޭޓަރުތަކަށް ބޭނުންވާ މަތީތެޔޮ ހުސްވުމުގެ ކުރިން އިންޖީނުގެއަށް ތެޔޮ ޖަމާކުރުން.
|
|
4.
|
އިންޖީނުގޭގައި ބޭނުންކުރަމުންގެންދާ ޖަނަރޭޓަރުތައް ހިންގައި ގަޑިހަމަވޭތޯ ބަލައި އަޑީތެޔޮ ބަދަލުކުރުމާއި ފިލްޓަރުތައް ބަދަލުކުރުވުމާއި ޖަނަރޭޓަރުތައް ރިކާބަނައިޒް ކުރަންޖެހޭ މުއްދަތުގައި އެކަންކުރުމާއި އޯވަރހޯލް ކުރަންޖެހޭ މުއްދަތުގައި އެކަންކުރުން.
|
|
5.
|
އިންޖީނުތަކުގެ އަޑީތެލާއި މަތީތެޔޮ ވަރަށް ފަރުވާތެރިކަމާއެކީގައި ހަމަކޮށް ބެލެހެއްޓުމާއި ޤަވާޢިދުން ތެލާއި ފެން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންގެންދިއުން.
|
|
6.
|
ޖަނަރޭޓަރުތަކުގެ ރީޑިންގ ޤަވާޢިދުން ނަގަމުން ގެންދިއުން.
|
|
7.
|
ކަރަންޓް ބޭނުންކުރަމުންދާ ގެއެއްގެ މީޓަރުގައި މައްސަލައެއް ހުރިކަން އެނގިއްޖެނަމަ ނުވަތަ އެފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެކަން އިންޖީނުގެއާ ޙަވާލުވެހުންނެވި ވެރިއެއްގެ މަޝްވަރާއާއެކު ރަނގަޅުކުރުން.
|
|
8.
|
ގެއަކުން ނުވަތަ އެހެން ތަނަކުންވިޔަސް ކަރަންޓަށް މައްސަލައެއް ދިމާވެއްޖެނަމަ އެތަނަކަށްގޮސް އެކަމެއް ރަނގަޅުކުރުން.
|
|
9.
|
ރަށުގެ މަގުގޯޅިތަކާއި އިޖްތިމާޢީ ސަރަހައްދުތަކުގައި ޖަހާފައިވާ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާއި އަލަށް ބައްތި ޖެހުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
|
|
10.
|
އިންޖީނުގޭ މަސައްކަތްތަކުގެ ތެރޭގައި ނުހިމެނުނުކަމުގައިވިޔަސް އެކަމަކުން އިންޖީނުގެއަށް ރަނގަޅެއް އޮތްކަމެއް އެނގިއްޖެނަމަ އެކަމެއް އިންޖީނުގެ ހިންގަން ހުންނަވާ ވެރިއެއްގެ ސަމާލުކަމަށް ގެނައުމާއި އެކަމަކުން ދެރައެއް ނުވަތަ ހުތުރުނަމެއް ލިބޭކަން އެނގިއްޖެނަމަ އެކަމެއްވެސް ހިންގަން ހުންނަވާ ވެރިއެއްގެ ސަމާލުކަމަށް ގެނައުން.
|
|
11.
|
ރަށުކައުންސިލްގެ ފަރާތުން ރާވައި އިންތިޒާމްކުރާ ކަންތައްތަކުގެ ތެރެއިން ރައްޔިތުންނާ ގުޅުންހުރި ކަންތައްތަކުގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
|
|
12.
13.
|
ރައްޔިތުންގެ މުދަލާއި އިންޖީނުގެއާއި ރައްޔިތުންގެ އެކިއެކި ބޭނުންތަކަށް ބޭނުންކުރާ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
ކައުންސިލުން ހަމަޖައްސަވާ އުޞޫލެއްގެ މަތިން އިންޖީނުގޭގައި ޑިއުޓީ ކުރަމުން ގެންދިއުން.
|
މަޤާމުގެ ޝަރުޠުތައް:
|
|
ރިޕެއަރ އެންޑް މެއިންޓެނަންސް، މެނޭނިކަލް އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސް މިއިންދާއިރާއަކުން ޤައުމީ ސަނަދު ލެވެލް 3 ން ފެށިގެން މަތީގެ ސެޓްފިކެޓެއް ޙާޟިލްކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
1. ތަޢުލީމާއި ތަމްރީނު.
2. މަސައްކަތު ތަޖުރިބާ.
3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
5. އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސް ހޯދާ ފަރާތް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
1.ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމެއްގައި ބައިވެރިވެފައިވާނަމަ އެ ކަންއނގޭނޭ ލިޔުންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
|
(ހ) ވަޒީފާއަށް އެދޭ ފޯމު ފުރހަމަކޮށް އެ ފޯމު. (ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.fncl.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. )
(ށ) މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖުލައި 11 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ފ. ނިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. (ނ) އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ޖުލައި 12 އާއި 14 އާ ދެމެދު، ފ. ނިލަންދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ 50% (ފަންސާސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
|
|
|