މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ (އޯފް-ޕީކް ސީޒަން) 2018

ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެގޮތުން، ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު މި އޮތޯރިޓީއިން ކުރަމުންގެންދާ "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ" މި އަހަރު އޯޕް-ޕީކް ސީޒަންއަށް އަމާޒުކޮށްގެން ބޭއްވުމަށްވަނީ ރާވާފައެވެ. އެގޮތުން އޯފް-ޕީކް ސީޒަންގެ ސާވޭ، ޖުލައި 13 އިން 20އަށް ވެލާނާ އިން ޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި، މި އޮތޯރިޓީގެ ފަރާތުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސާވޭގައި މައިގަނޑު ގޮތެއްގައި ނެގޭ މަޢުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަޤްޞަދު، ދަތުރު ކުރި ޤައުމު، ޓިކެޓުގެ ޚަރަދު، ކެއުމާއި ހުރުމުގެ ޚަރަދު، ބޭސް ފަރުވާއަށް ކުރެވުނު ޚަރަދު އަދި ދަތުރުފަތުރަށް ހޭދަވި ޚަރަދުގެ އިތުރުން ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ޚަރަދުގެ މަޢުލޫމާތު ހިމެނޭނެއެވެ. ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސްފަދަ ޒާތީ އެއްވެސް މަޢުލޫމާތެއް މި ސާވޭގައި އެކެއްނުކުރެވޭނެއެވެ. އަދި އެއްކުރެވޭ ހުރިހާ މަޢުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަޤީންކަން މި އޮތޯރިޓީން އަރުވަމެވެ.

ސާވޭ ކުރެވޭ މުއްދަތުގައި، ދުވާލާއި ރޭގަނޑުގެ ޝިފްޓްތަކަށް ބަހާލައިގެން އެމްއެމްއޭގެ ޓީމްތައްް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި ސާވޭއަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި ހަރަކާތްތެރިވާނެއެވެ.

ވީމާ، މި މުއްދަތުގައި ރާއްޖެއަށް އެނބުރި އަންނަ އެންމެހާ ދިވެހީންގެ ފުރިހަމަ އެއްބާރުލުން މި ސާވޭއަށް ދެއްވުން އެދި އިޚްލާސްތެރިކަމާއި އެކު ދެންނެވީމެވެ.

01 ޖުލައި 2018
ހޯދާ