ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ މަރްކަޒުގައި އިދާރީ މަސައްކަތްކުރާނެ ރިސޯސް މުވައްޒަފެއްހޯދުމަށް

އިޢުލާން

 

    ކީރިތި ޤުރްއާނާބެހޭ މަރްކަޒުގައި އިދާރީ މަސައްކަތްކުރާނެ ރިސޯސް މުވައްޒަފެއް ބޭނުންވެއެވެ.

މަޤާމް:  އެޑްމިނިސްޓްރޭޓިވް އޮފިސަރ (ރިސޯސް)

ޝަރުތު:   1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އުޖޫރަ:              މަހަކު -/6000

މަސައްކަތްކުރަންޖެހޭ ވަގުތު:  ދުވާލަކު 8 ގަޑިއިރު

ބާވަތް:              ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހަށް

ވީމާ، މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2018 ޖުލައި 08 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްގެ ( އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު ސިޓީފޮނުއްވުން އެދެމެވެ. މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢްލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

01 ޖުލައި 2018
ހޯދާ