ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނު މަސްޖިދުލް ނިބްރާސް މިސްކިތުން ނަގާފައިވާ ދޮރާއި ދޮރުފަތްތައް ސިޓީލާ ނީލަމުގައި ވިއްކާލުން

ނަންބަރު: IUL)244-ESMSMS/244/2018/30

އިޢުލާން

       ހއ.ތުރާކުނު މަސްޖިދުލް ނިބްރާސް މިސްކިތުން ނަގާފައިވާ ދޮރާއި ދޮރުފަތްތައްސިޓީލައި ނީލަމުގައި ވިއްކާލުމަށް ކައުންސިލްގެ 3 ވަނަ ދައުރުގެ 32 ވަނަ ޢާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ. އަދި މިދޮރާއި ދޮރުފަތްތަކަށް އަގުހުށަހެޅޭނީ ހުރިހާ ދޮރާއި ދޮރުފަތްތަކަކަށް އެއްކޮށެވެ.

ތަފްސީލް

ނީލަން ފެށޭ އަގު

ފަހަރަކު އިތުރުކުރެވޭ އަގު

ދޮރާއި ދޮރުފަތްތައް

2500.00 (ދެހާސް ފައްސަތޭކަ ރުފިޔާ)

100.00 (ސަތޭކަ ރުފިޔާ)

      ވީމާ، މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 02 ޖުލައި 2018 ވާ ހޯމަ ދުވަހު މިކައުންސިލަށް ގުޅުއްވާ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ހުށަހަޅާ އެންމެ މަތީ އަގު ލިޔުއްވާ އައި.ޑީ.ކާޑްގެ ކޮޕީއަކާއެކު ސިޓީ އުރައެއްގައި ބަންދު ކުރެއްވުމަށްފަހު 03 ޖުލައި 2018 ވާ އަންގާރަ ދުވަހުން ފެށިގެން މިކައުންސިލަށް ހުށަހަޅުއްވަމުން ގެންދިއުން އެދެމެވެ.

      ނީލަން ހުށަހެޅޭ އަގުތަކުގެ ތެރެއިން އެންމެމަތީ އަގު ރަސްމީ ދުވަސްދުވަހުގެ ހެނދުނު 10:00 ފެށިގެން މިއިދާރާގެ ނޯޓިސް ބޯޑްގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމުމަށް ހަމަޖެހިފައިވަނީ ބަންދު ދުވަސް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށެވެ. އަދި މިނީލަން ކުރިއަށްދާނީ 11 ޖުލައި 2018 ވާ ބުދަ ދުވަހުގެ ނިޔަލަށެވެ.

      އަދި ނީލަން ނިމުމުން ފައިސާ ދެއްކުމަށްފަހު ނީލަން ކާމިޔާބުވި ފަރާތް 10 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެއެވެ. މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މިކަމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6500104 ފޯނަށް ގުޅުއްވުން އެދެމެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

01 ޖުލައި 2018
ހޯދާ