މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ދައުލަތުގެ ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ލިކުއިޑޭޓްކުރުމާއި ގުޅޭ

ތިރީގައި ދަންނަވާފައިވާ ސައްތަ އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުނި އުވާލުމަށް ސަރުކަރާއި، އަދި މި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާތީ، ކުންފުންޏާއި ބެހޭ ޤާނޫނުގެ 76 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި ކުންފުނި އުވާލުމުގައި ލިކުއިޑޭޓަރެއްގެ ގޮތުގައި އެމަސައްކަތްކުރެއްވުމަށް އެކްރޫޕްލަސް އެލް.އެލް.ޕީ (ރަޖިސްޓްރީ ނަންބަރު:P-0021/2014) ވަނީ މިބޯޑުން އައްޔަންކުރެވިފައެވެ.

ލިކުއިޑޭޓް ކުރުމަށް ލިކުއިޑޭޓަރާއި ހަވާލުކުރެވުނު ކުންފުނި

1-      މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

 

ވީމާ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އެއްވެސް ފަރާތަކަށް ފައިސާއެއް ދައްކަން ޖެހިފައިވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން މި ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަންޖެހިފައިވާނަމަ 12 ޖުލައި 2018 ގެ ކުރިން އެކްރޫޕްލަސް އެލް.އެލް.ޕީގެ ތިރީގައިވާ އެޑްރެހަށް އަންގަވައިދެއްވުން އެދި ދެންނެވީމެވެ.

އެކްރޫޕްލަސް އެލް.އެލް.ޕީ

ހ. މާއަލި،  3 ވަނަ ފަންގިފިލާ، W3 ، ރަތްވިލާމަގު، މާލެ

ފޯން: 7910800، 3310900 ، އީމެއިލް: [email protected]

01 ޖުލައި 2018
ހޯދާ