ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާ މަރާމާތު ކުރާނެ ފަރާތެއް ހޯދުމާއިބެހޭ

`

 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

އިހަވަންދޫ    

ދިވެހިރާއްޖެ

(IUL)248-CAFA/248/2018/43ނަންބަރ

 

އިޢުލާން

 

ކައުންސިލްގެ އިދާރާ މަރާމާތު ކުރުން

 

                   ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުގެ އިދާރާގެ ތިރީގައިވާ މަރާމާތުތައް ކުރަން ބޭނުން ވެގެން ކުރި މިއިދާރާގެ ނަމްބަރ (IUL)248-CAFA/248/2018/37 (31 މެއި 2018) ގެ އިއުލާނާއި، ނަމްބަރ (IUL)248-CAFA/248/2018/39  ( 14 ޖޫން 2018 ) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

                   .1 -ކޯޕަރޭޓް އެފެއަރޒް ބައިގެ ހުޅަނގުކޮޅު ކުޑަދޮރު ނަގައި ކުޑަދޮރު ނެގިތަން ރޭނުން

                   2-ކައުންސިލުގެ ދިދަ ދަނޑި ނަގައި އަލުން ދިދަ ދަނޑިއެއް ޖެހުން

 

                   ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 04 ޖުލައި 2018 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

                   މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

 

                   އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ކައުންސިލުގެ އިދާރާ މަރާމާތު ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

 

                   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

27 ޖޫން 2018
ހޯދާ