އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ބައު ތަކެތި ނީލަން ކިޔުމާއި ގުޅޭ
މި އިދާރާއިން ބައުވެގެން ނަގާފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ކައުންސިލްގެ ނަމްބަރ:
(Y) U-4/2018/03-22 ޖަލްސާއިން ވަނީ ނިންމާފައެވެ. މި ތަކެތި ނީލަންކިޔުން އޮންނާނީ
02 ޖުލައި 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލްގެ ބޮޑުގުދަން
(ކުރީގެ ހުކުރު މިސްކިތް) ކައިރީގައެވެ. ވީމާ، މި ނީލަމުގައި ބައިވެރި ވާން ބޭނުންފުޅުވާ
ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޙްގައި ނީލަން ކިޔާ ސަރަހައްދަށް ވަޑައިގެން ނީލަމުގައި
ބައިވެރިވުމަށް ދަންނަވަމެވެ. ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓު ތިރީގައި
އެވަނީއެވެ.
- 3 ސީލިންގް ފަންކާ
- 3 ޕްރިންޓަރ
- 3 ފެން ކޫލަރު (ބޮޑު)
- 2 ލަކުޑި މޭޒު (ބޮޑު)
- 4 ގަޑި (ފާރުގައި ހަރުކުރާ)
- 3 ރޯލް ކޭބަލް ނަރު
- 1 ސްޕީކަރ (ފާރުގައި ހަރުކުރާ)
- 1 ޕޮޓޯ ކޮޕީ މެޝިން (ކުޑަ)
- 1 އިންޑޯ ޔުނިޓް (އޭސީގެ)
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
27 ޖޫން 2018
ހޯދާ