ދިވެހިރާއްޖެ
2014 ޖަނަވަރީ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން މި ދަންނަވަނީއެވެ.
| 
 ވޯޓުފޮށި ބަހައްޓާ ރަށް/ތަން  | 
 ވޯޓުލާ ސަރަހައްދު  | 
 ވޯޓުފޮށީގެ ނަން  | 
 ވޯޓުފޮށީގެ ނަންބަރު  | 
 #  | 
| 
 ކ. ތިލަފުށި ސެކްޓަރ 3ގެ ޕްލޮޓް ނަންބަރު S3041 (M9)  | 
 މި ފޮށްޓަށް ވޯޓުލާނީ ތިލަފުށީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.  | 
 ތިލަފުށި -1  | 
 V01.1.1  | 
 1  | 
| 
 އައްޑޫ ސިޓީ، ގަން ޒުވާނުންގެ މަރުކަޒު  | 
 މި ފޮށްޓަށް ވޯޓުލާނީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.  | 
 ގަން-1  | 
 V04.1.1  | 
 3  | 
| 
 ހުޅުލެ އެއަރޕޯޓް ރިކްރިއޭޝަން ސެންޓަރ (އޭ.އާރް.ސީ)  | 
 މި ފޮށްޓަށް ވޯޓުލާނީ އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.  | 
 ހުޅުލެ-1  | 
 V05.1.1  | 
 4  | 
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ސިނާޢީ މަސައްކަތްކުރާ ރަށްރަށުގެ ތެރެއިން އެ ރަށެއްގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރަށެއްގައި ވޯޓުލުމަށް މަދުވެގެން 100 (ސަތޭކަ) މީހުން ރަޖިސްޓަރީ ވެފައިވާނަމައެވެ. އެހެންކަމުން މި އިޢުލާނުގައިވާ ސިނާޢީ މަސައްކަތްކުރާ ރަށެއްގައި 100 (ސަތޭކަ) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރަށެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެކަން ވެސް އަންގަމެވެ. އަދި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލުކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެކަން ވެސް އެންގީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
12 ޞަފަރު 1435
