ދިވެހިރާއްޖެ
އެކިއެކި ވިޔަފާރި ކުރުމަށްޓަކައި މިރަށުން ތިރީގައިމިވާ ބިންތައް ކުއްޔަށް ދިނުމަށް ގަސްދުކުރަމެވެ.
| 
 ބިމުގެ #  | 
 ބިންއޮތް ތަން  | 
 ބިމުގެ ބޮޑުމިން  | 
 ކުއްޔަށްދޭ ބޭނުން  | 
| 
 17  | 
 ހުރަވީމަގުގެ އުތުރުފަޅީގައި، ނައިރާ އިންޖިނިއަރިންގގެ ހުޅަގުފަރާތުގައި  | 
 2000 އަކަފޫޓް  | 
 އާއްމު ވިޔަފާރިކުރުމަށް  | 
| 
 18  | 
 ހުރަވީމަގު އުތުރުފަޅީގައި، 17 ނަންބަރު ބިމުގެ ހުޅަގުފަރާތުގައި  | 
 2000 އަކަފޫޓް  | 
 އާއްމު ވިޔަފާރިކުރުމަށް  | 
| 
 19  | 
 ޝަހީދުޢަލީ މަގުގެ ދެކުނުފަޅީގައި، 14 ނަންބަރު ބިމުގެ ހުޅަގުފަރާތުގައި  | 
 2000 އަކަފޫޓް  | 
 އާއްމު ވިޔަފާރިކުރުމަށް  | 
| 
 21  | 
 ޝަހީދުޢަލީ މަގުގެ ދެކުނުފަޅީގައި، 19 ނަންބަރު ބިމުގެ ހުޅަގުފަރާތުގައި  | 
 2000 އަކަފޫޓް  | 
 އާއްމު ވިޔަފާރިކުރުމަށް  | 
| 
 23  | 
 ނަފާގޯޅީގެ އުތުރުފަޅީގައި، 22 ނަންބަރު ބިމުގެ ހުޅަނގު ފަރާތުގައި  | 
 2150 އަކަފޫޓް  | 
 އާއްމު ވިޔަފާރިކުރުމަށް  | 
| 
 24  | 
 ސިރާޖުއްދީނުމަގުގެ އިރުމަތިފަޅީގައި، އުއްމީދު ގޯތީގެ އުތުރުގައި  | 
 1920 އަކަފޫޓް  | 
 އާއްމު ވިޔަފާރިކުރުމަށް  | 
| 
 25  | 
 ލިލީމަގުގެ އިރުމަތި ފަރާތުގައި އޮންނަ ހުސްބިން  | 
 1920 އަކަފޫޓް  | 
 އާއްމު ވިޔަފާރިކުރުމަށް  | 
ވީމާ، މިބިންތައް ކުއްޔަށް ނެންގެވުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން 02 ޖުލައި 2018 (ހޯމަ) ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ޖުލައި 2018 (ހޯމަ) ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަންތަކާއި އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.
