މަޤާމު:
|
އެސިސްޓެންޓް ފައިނޭންސް އޮފިސަރ
|
ރޭންކު:
|
GS3
|
ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ސެކްޝަން:
|
ކޯޕަރޭޓް އެފެއާޒް / ފައިނޭންސް
|
ސެކްޝަން މައިގަނޑު މަސައްކަތް:
|
ކައުންސިލް އިދާރާގެ ފައިސާއާއި ބެހޭ މަސައްކަތް ކުރުން.
|
މުސާރަ:
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/1500 ރުފިޔާ
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ގިންތި:
|
ކޮންޓްރެކްޓް އެންޕްލޯއިމަންޓް
|
އަސާސީ ޝަރުތު:
|
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލި ބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ކައުންސިލްއިދާރާގެ ޢާމްދަނީއާއި، ބަޖެޓްފައިސާ އަދި އެހެނިހެންފައިސާ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުން.
2. ކައުންސިލްގެ ފައިސާބެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން. 3. ކައުންސިލުން މުސާރަ ދިނުމަށް ހަމަޖެހިފައިވާ މުވައްޒަފުންނަށް މުސާރައާއި އެލެވެންސް ދިނުމައްޓަކައި މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވަންޖެހޭ މުސާރައާއި ގުޅުންހުރި ލިޔުންތައް ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެކުރިން އެމިނިސްޓްރީއަށް ފޮނުވުން. 4. މުވައްޒަފުންގެމުސާރައާއި ،އެލެވަންސް ޙަވާލުކުރުމަށް ތައްޔާރުކުރަންޖެހޭ ލިޔުންތައް ފުރިހަމަކުރުމައްފަހު ފެށޭމަހުގެ 1 ވަނަ ދުވަހުގެ ކުރިން މުވައްޒަފުންނާއި މުސާރަ ޙަވާލުކުރުން. 5. ޕެންޝަން ފަންޑަށް ޖަމާކުރުމައްޓަކައި މުވައްޒަފުންގެ މުސާރައިން އުނިކުރެވޭ ފައިސާއާއި، ދައުލަތުން މުވައްޒަފުގެ ފަންޑަށް ޖަމާކުރަން ހަމަޖެހިފައިވާ ފައިސާ ޕެންޝަން އޮފީހުގެ އެކައުންޓަށް ޖަމާކުރުން. 6. ޢާމްދަނީގެ ގޮތުގައި ކައުންސިލަށް ލިބޭ ފައިސާއާއި އެހެނިހެން ގޮތްގޮތުން ކައުންސިލަށް ލިބޭ ޢާމްދަނީ ފައިސާ ބަލައިގަނެ، ދުވަހު ފޮތާއި އައިޓަމްބާކީގައި ލިޔެ ތިޖޫރީއަށް ވެއްދުން. 7. ޢާމްދަނީގެ ގޮތުގައި ކައުންސިލަށް ލިބޭ ފައިސާއާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާ (ތިޖޫރީގައި ބަހައްޓާފައި ހުންނަ ފައިސާ) ވީއެންމެ އަވަހަކަށް (ލަސްވެގެން މަހަކު 1 ފަހަރު) އެފައިސާއަކާއި ގުޅޭ އެކައުންޓަކަށް ޖަމާކުރުން. 8. ކައުންސިލުން ބަލަހައްޓާ 4 އެކައުންޓަށް ޖަމާކުރާ ފައިސާއާއި އެއެކައުންޓުތަކުން ކުރާ ޜަދުތަކުގެހިސާބު ޗެކުކޮށް، ބޭންކް ސްޓޭޓްމަންޓާއި ދިމާކޮށް ފުރިހަމަ ކުރަންޖެހޭ ލިޔުންތައް ބެލެހެއްޓުން. 9. ފައިސާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން. 10. ލިބޭފައިސާގެ ހިސާބާއި ، ބަޖެޓުން ހަރަދުވާ ފައިސާގެ ހިސާބު ދުވަހު ޔައުމިއްޔާގައި ހިމެނުމަށް ޔައުމިއްޔާ ލިޔުއްވާ މުވައްޒަފާއި ހަވާލުކުރުން.(ކުރީ ދުވަހުގެ ހިސާބު ހިނގާދުވަހު 10.00 ގެކުރިން ހަވާލުކުރުން). 11. މުދަލުޒަކާތާއި، ފިޠުރު ޒަކާތް ޙަވާލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 12. ފައިސާގެ މަސައްކަތާއި ގުޅިގެން ސަރުކާރުގެ ނުވަތަ އެނޫންވެސް ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ޒިންމާދާރު ވެރިޔާގެ ލަފަޔާއި އެކު އެފަރާތްތަކަށްފޮނުވާ ލޮގްކޮށްބެލެހެއްޓުން. 13. ކައުންސިލްގެއިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްގެ އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން. 14. ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެމުވައްޒަފަކު ކުރަމުންދިޔަ މަސައްކަތް ވަގުތީގޮތުން ޙަވާލުކޮށްފި ހިނދެއްގައި އެމަސައްކަތް ކުރުން. 15. ވަޒީފާގެ މަސައްކަތްތަކާގުޅޭގޮތުން އަޑުގަދަކުރާއިން ކުރަންޖެހޭ އިޢުލާން ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
05 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާއަށް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- އިންޓަވިއު
|
ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަރވިއު، އޮންނާނެ ތަނާއި، މުއްދަތު:
|
މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، 2018ޖުލައި 08 އާއި 2018ޖުލައި 19 ވަނަ ދުވަހާއި ދެމެދު ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820019 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6820019 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
|