މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސްތަކެއްގެ ވެރިފަރާތްތައް ހޯދުން

އިޢުލާން

 

ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ބެހޭ

ތިރީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތެއްވާނަމަ، މި އިދާރާއިން ޖަހާފައިވާ ނަންބަރާއި ވެރިފަރާތުގެ ނަމާއި އެޑްރެސް ބަޔާންކުރައްވާ، 02 ޖުލައި 2018 ވާ ހޯމަ  ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތުންގެ ތަކެތި ކަމުގައި ބަލާ މިތަކެތި ނެގުމުގެ މަސައްކަތް ކުރާނެ ވާހަކަ ދެންނެވީމެވެ. އަދި މި ރުއްގަހުގެ ތަފްސީލު ލިސްޓް ތިރީގައި އެވަނީއެވެ.

 

#

ނަންބަރ

ތަފްޞީލް

ހުރި ސަރަޙައްދު

1

41

ރުއް ( ފޯދުނު މެދު )

އަލިމަސްގެ އިރު އުތުރު ކަންމަތީގައި މަގުމަތީގައި ހުރި

2

42

ރުއް ( ފޯދުނު ދެރަ )

އަލިމަސްގެ އިރު އުތުރު ކަންމަތީގައި މަގުމަތީގައި ހުރި

3

43

ރުއް ( ފޯދުނު ދެރަ )

އަލިމަސްގެ އިރުމަތި މަގުމަތި

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                   11 ޝައްވާލް 1439

                    25 ޖޫން 2018  

 

 

 

(IUL)305/305/2018/64

25 ޖޫން 2018
ހޯދާ