މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
5 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމްކުރުމާބެހޭ.

                                                                            ޕްރޮޖެކްޓް ނަމްބަރު:  TEB/2013/93

 

   

ދިވެހިރާއްޖެ

ޕްރޮޖެކްޓްގެ ނަން: 5 ރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމްކުރުން.

ސެކްޓަރ: ފެނާއި ނަރުދަމާ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

ޢާންމު އެންގުން

ފައިނޭންސިން ނަންބަރު: MAL/0044/0045

  1. ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ލޯން އެހީގައި ކ. ހިންމަފުށި، ހދ. ނޮޅިވަރަންފަރު، ޅ. ނައިފަރު، ކ. ތުލުސްދޫ އަދި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމަށް 15 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.
  2. މަޝްރޫޢުގައި ހިމެނޭ މައިގަނޑު ބައިތަކަކީ؛

        (ހ) ކޮންޕޯނެންޓް އޭ – ނަރުދަމާގެ ނިޒާމު ޤާޢިމް ކުރުން

        (ށ) ކޮންޕޯނެންޓް ބީ – ކޮންސަލްޓެންސީ މަސައްކަތް

        (ނ) ކޮންޕޯނެންޓް ސީ – ޕްރޮޖެކްޓް މެނޭޖްމަންޓް

        (ރ) ކޮންޕޯނެންޓް ޑީ – ފައިނޭންޝަލް އޯޑިޓް

   3. މި މަޝްރޫއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓަކަށްވުމާއެކު ބީލަން ކާމިޔާބުކުރާ ފަރާތްތައް ހޮވުމުގައި ޢަމަލުކުރެވޭނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލެވިފައިވާ ގައިޑްލައިންގައި ކަނޑައެޅިފައިވާ ހަމަތަކާއި އުޞޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. މިގޮތުން މި ގައިޑްލައިންއާ އެއްގޮތްވާ ގޮތުގެ މަތިން ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް މި ބީލަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މަޝްރޫޢުގެ ކޮންސަލްޓެންސީ މަސައްކަތްތަކުގެ ބީލަން ކާމިޔާބުކުރާ ފަރާތްތައް ހޮވުމުގައި ޢަމަލުކުރެވޭނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ފައިނޭންސިންގެ ދަށުން ޤާއިމްކުރެވިފައިވާ ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭ ގައިޑްލައިންގައި ކަނޑައެޅިފައިވާ ހަމަތަކާއި އުޞޫލުގެ މަތިންނެވެ.

   4. މި މަޝްރޫޢުގެ ދަށުން އިޢުލާން ކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓްސް ތަކާއި ކޮންސަލްޓަންސީގެ މަސައްކަތްތަކަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ބައިނަލްއަޤުވާމީ ވާދަވެރި ބީލަމުގެ އުސޫލާއި ހަމަތަކުގެ މަތިން (އައި.ސީ.ބީ)  ނުވަތަ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ މެންބަރު ޤައުމުތަކަށް އަމާޒުކޮށް ވާދަވެރި ބީލަމުގެ އުސޫލާއި ހަމަތަކުގެ މަތިން (އައި.ސީ.ބީ/ އެމް.ސީ) ވަރަށް އަވަސް ފުރުސަތެއްގައި ޢިޢުލާން ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

   5. އައި.ސީ.ބީ ނުވަތަ އައި.ސީ.ބީ/ އެމް.ސީ ގެ ގަވާއިދުތަކުގެ ދަށުން ޕްރީކޮލިފައި ނުވަތަ ބިޑު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުސަތުތަކުގައި މިކަމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުގެ ލިސްޓުގައި ހިމެނުމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް މުޢާމަލާތު ކުރުމަށް ދަންނަވަމެވެ.

ޓެންޑަރ އިވެލިއުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

ޓެލެފޯން:   3349125 +960 

ފެކްސް:   3320706+960 

އީ މެއިލް: [email protected]

16 ޑިސެންބަރު 2013
ހޯދާ