ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖަރ

މަޤާމް :ޕްރޮޖެކްޓް މެނޭޖަރ
ބޭނުންވާ އަދަދު :1

                           ވަޒީފާގެ ފުރުޞަތު

ޔޫ.އެން.ޑީ.ޕީގެ އެހީގެ ދަށުން މިސެންޓަރުން ކުރިއަށް ގެންދާ  "ސްކޭލިން އަޕް ދަ ނެޝަނަލް ކެޕޭސިޓީ ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓްގެ މަސައްކަތްތަކާއި ސުނާމީ އެވެއަރނަސް ޕްރޮޖެކްޓްގެ މަސައްކަތްތައް ހިންގުމަށްޓަކައި ކޮންޓްރެކްޓް އުޞޫލުން ޕްރޮޖެކްޓް މެނޭޖަރެއް މިސެންޓަރަށް ބޭނުންވެއެވެ.

މަގާމު:

ޕްރޮޖެކްޓް މެނޭޖަރ

ބޭނުންވާ ޢަދަދު:

 1  (އެކެއް)

މަގާމުގެ ގިންތި/ މަގާމުގެ މުއްދަތު ހަމަވާ ތާރީޚު:

ކޮންޓްރެކްޓް  / މި މަގާމުގެ މުއްދަތަކީ 06 މަސްދުވަސް

މަގާމު އޮތް އޮފީސް:

ނޭޝަންލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަންލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ / މާލެ

މުސާރަ އާއި އެލަވަންސް:

މަހަކު -/22500ރުފިޔާ

މަގާމުގެ ޝަރުތުތައް:

1. ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަމަންޓް، ޑިވެލޮޕްމަންޓް، ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަމަންޓް، ޑިވެލޮޕްމަންޓް، ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • ދުވަހުން ދުވަހަށް ޕްރޮޖެކްޓުގެ މަސައްކަތްތައް ހިންގުމަށްޓަކައި ނިންމަންޖެހޭ ނިންމުއްތައް ރާވާ ހިންގުން.
  • ޕްރޮޖެކްޓް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތައް ޕްރޮޖެކްޓް ރިޒަލްސްޓްސް ފްރޭމް ވާރކްގައި ބަޔާންކޮށްފައިވާ ވާރކް ޕްލޭނާއި އެއްގޮތަށް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުން.
  • ޕްރޮޖެކްޓްގެ މަސައްކަތާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތްތައް ކުރުމާއި، ފައިސާއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ޒިންމާދާރުކަމާއެކު ކުރުމާއި، އެކްމާގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.  
  • ޕްރޮޖެކްޓްގައި ހިމެނޭ އެހެން ސްޓާފުން މޮނިޓަރކޮށް ޕްރޮޖެކްޓާއި ގުޅިގެން ބާއްވާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމާއި ނޭޝަނަލް ޑޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްތައް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާއި ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމަށް ބާރުއަޅައި ހޭލުންތެރިކަން އިތުރުކުރުމާއި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކާޢި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  • ސުނާމީ އެވެއަރނަސް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްގެންދިއުން.
  • ސަރުކާރުގެ އޮފީސްތަކާޢި، ޔޫ.އެން.ޑީ.ޕީ އަދި އެހެނިހެން ޔޫ.އެން. ޖަމިއްޔާތަކާއި ސިވިލް ސޮސައިޓީ އަދި ޕްރައިވެޓް ސެކްޓާރތަކާއެކު ގުޅުން ބަދަހިކުރުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ފަރިތަކަމާއެކު ދިވެހި ބަހުން އަދި އިނގިރޭސި ބަހުން ވާހަކަ ދެއްކުމުގެ ހުނަރު ލިބިފައިވާ ފަރާތެއް ކަމުގައިވުން،  
  • މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ ޤާބިލްކަން ހުރުމާއެކު، މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަދި މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުން.
  • މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަރާތެއްކަމުގައިވުން އަދި ރާއްޖެ އާއި ރާއްޖޭން ބޭރަށް ދަތުރުކުރެވޭނެ ފަރާތެއް ކަމުގައިވުން .

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިނެމޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓިން ދޫކުރައްވާފައިވާ  ލިޔުމުގެ ކޮޕީ އައި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

  1. ފުރިހަމަ ކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ 
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  01 ޖުލައި 2018 ދުވަހު  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢްލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 333425،333456 ނަންބަރު ފޯނާއެވެ.   އީ-މެއިލް ކުރާނީ  [email protected]   އަށެވެ.

                          10 ޝައްވާލް 1439

                          24  ޖޫން  2018

24 ޖޫން 2018
ހޯދާ