ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާން ސާފުކުރުމާއި ގުޅޭ

a

                        &

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ

ފ. ފީއަލީ،

              ދިވެހިރާއްޖެ.   

                                       ނަންބަރ: (IUL)370-ESMS SC/370/2018/19

 

އިއުލާން

 

ގަބުރުސްތާން ސާފުކުރުމާއި ގުޅޭ

ފ.ފީއަލީ ގަބުރުސްތާން އެތެރޭގައި ހެދިފައިވާ ގަސްތަކާއި ވިނަތަށް ނަގައި ގަބުރުސްތާނު ސާފުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)370-ESMS SC/370/2018/16 އިއުލާނާގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް، މި ޕްރޮޖެކްޓްތަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ ބޮޑުވާތީ އެ އިއުލާން ބާޠިލްކޮށް އަލުން އެމަސައްކަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯޝަލް ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވީނަމަވެސް، ކޮންޓްރެކްޓް އެވޯޑްކޮށް އެއްބަސްވުމުގައި ސޮއިކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ގާނޫނު ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

ޕްރޮޕޯޝަލް ހުށަހެޅުން

01 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ 13:00

03 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 13:00

 

           ހުށަހަޅާ އެސްޓިމޭޓްތައް ހުންނަންވާނީ ސިޓީއުރާގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ގަބުރުސްތާން ސާފްކުރުމާއި ގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓާއި، ގަޑިޖެހިގެން ހުށަހަޅާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

             އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6740012 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

1439 J 10

24 ޖޫން 2018

                                               

                                                   މުޙައްމަދު ޖަލީލް

                                               ފީއަލީ ކައުންސިލްގެ ރައީސް

24 ޖޫން 2018
ހޯދާ