- މާލޭގެ ވިޔަފާރި ބަނދަރުގެ ގުދަންތަކާއި ޢިމާރާތްތަކާއި ކީވޯލްތައް އަދި އިކުއިޕްމެންޓްތަކަށް ގެއްލުމެއް ލިބިދާނެ ފަދަ ކަމެއްކުރޭތޯ ނުވަތަ ހިނގާފާނެތޯ ބެލުމާއި އެފަދަކަމެއް ބަޔަކުކުރާނަމަ ނުވަތަ އެފަދަ ކަންކަން ހުއްޓުމަށް މަސައްކަތްކުރުމާއިއެކު ސެކިއުރިޓީ އިސް އޮފިސަރަށް އެންގުން.
- މާލޭގެ ވިޔަފާރި ބަނދަރުގެ ސަރަޙައްދަށް ޤަވާއިދާއި ޚިލާފަށް ވަންނަ މީހުންނާއި، ވެހިކަލް ވަދެ ނުކުމެ ހަދާތޯ ބެލުމާއި އެފަދަ ކަމެއްކުރާނަމަ އެކަމެއް މަނާކޮށް ކަންކުރަން އޮންނަގޮތް އޮޅުންފިލުވައި ދިނުމާއި ނުކިޔަމަންވާ ފަރާތްތައް ސެކިއުރިޓީ އިސް އޮފިސަރަށް އެންގުން.
- މަސައްކަތް ފެށޭ ގަޑިތަކުގައި ގުދަން އަދި ވަންނަގޭޓާއި ނުކުންނަ ގޭޓް ހުޅުވާ އަދި މަސައްކަތް ނިމޭ ގަޑިތަކުގައި ލެއްޕުން
- މުދާ ކްލިއަރކުރުމުގެ މަސައްކަތަށް ވަންނަ އުޅަނދުފަހަރުގެ ކީވޯލް ފޯމް ދޫކުރުމާއި ހަމަޖެހިފައިވާ ޤަވާއިދާއި އެއްގޮތަށް އެއުޅަނދުފަހަރުގެ ކަންތައްތައް ބެލެހެއްޓުމާއި މަސައްކަތް ނިންމުން.
- އެއްވެސް އުޅަނދަކުން ނުވަތަ އެއްވެސް ބަޔަކު ނަމަވެސް ބަނދަރުތެރެއާއި ބަނދަރުގެ ފަޅުތެރެ ހަޑިވާފަދަ އެއްވެސް އެއްޗެއް އަޅާތޯ ބެލުމާއި އެފަދަކަމެއް ކުރާނަމަ އެކަން ހުއްޓުވުމާއިއެކު އެފަދަ ފަރާތްތަކުގެ މައްސަލަ ނޯޓްކޮށް ޑިއުޓީ ސުޕަވައިޒަރަށް ރިޕޯޓްކުރުން.
- ގަޑިއަކު އެއްފަހަރު ބަނދަރުތެރެ ޕެޓްރޯލްކޮށް ޤަވާއިދާއި ޚިލާފަށް އެއްވެސް ކަމެއްހިންގާނަމަ އެފަދަ ކަންތައްތައް ހުއްޓުވައި އެކަން ޑިއުޓީ ސުޕަވައިޒަރަށް ރިޕޯޓްކުރުން.
|