ދިވެހިރާއްޖެ
އިޢުލާން
މަޤާމް |
ލެބޯޓްރީ އެސިސްޓެންޓް |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް ( 01 ޖުލައި 2018އިން 30 ސެޕްޓެމްބަރ 2018 އަށް ) |
މަޤާމުގެ ރޭންކް: |
ޖީ.އެސް 3 |
މަޤާމުގެ ކުލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ސެކްޝަން: |
އެކަޑަމިކް |
މަޤާމް އޮތް އޮފީސް: |
ފުނަދޫ ސްކޫލު |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ފުނަދޫ ސްކޫލު/ށ.ފުނަދޫ |
މުސާރަ: |
-/4465 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/1500 ރުފިޔާ |
އިތުރު އިނާޔަތްތައް:
|
|
މަޤާމުގެ މަސްޢޫލިއްޔަތުތައް:
|
- ލެބޯޓްރީގެ އިންވެންޓްރީ ގަވާއިދުން ބެލެހެއްޓުން - ލެބޯޓްރީއަށް ބޭނުންވާ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް މާއްދާ ކިޔަވައިދެއްވާ ޓީޗަރުންގެ ލަފާގެ މަތިން، ބަޖެޓް ސެކްޝަނާ ގުޅިގެން ހޯދުން. - ލެބޯޓްރީގައި ހުންނަ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން - ޓީޗަރުންނަށް އެކްސްޕެރިމެންޓަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްދިނުން. - ޕްރެކްޓިކަލްހަދަން ލެބަށް ދާ ދަރިވަރުންނާއި ޓީޗަރުންނަށް އެހީތެރިވެދިނުން - ޕްރެކްޓިކަލް ހަދަން ބޭނުންކުރާ ސާމާނު ދޮވެ ސާފުކުރުން - ލެބޯޓްރީގެ ސާފުތާހިރުކަން ބެލެހެއްޓުން - ލެބޯޓްރީއަށް ޕްރެކްޓިކަލް ހަދަން އަންނަ ޓީޗަރުންގެ ރެކޯޑުތައް ބެލެހެއްޓުން.
|
ދާއިރާ: |
|
|
|
މަޤާމުގެ ޝަރުތުތައް:
|
|
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން |
ހުށައަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު ފުނަދޫ ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖޫން 28 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ފުނަދޫ ސްކޫލު އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.އީމެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 30 ޖޫން 2018 ވާ ހޮނިހިރު ދުވަހު ފުނަދޫ ސްކޫލުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓްލިސްޓް ކުރުން: |
މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
މި މަގާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުުރުމަށް ގުޅާނީ (6540540) ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. |