މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ބޭނުންވާ 04 ކޮންކްރީޓް މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީއަށް ބޭނުންވާ 02 ކޮންކްރީޓް މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު    (IUL)138-AS6/1/2018/206 (10 ޖޫން 2018) ) އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް އައުމާއިގުޅިގެން، އެ އިޢުލާން ބާޠިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ބޭނުންވާ ތަކެތީގެ ތަފްސީލީ ލިސްޓް ތިރީގައިވާ ތާވަލްގައި އެވަނީއެވެ.

ބޭނުންވާ އަދަދު

ތަފްޞީލް

ޑެލިވަރީ ސައިޓް

01

ކޮންކްރީޓް މެޝިން (01 ބޭގް މިކްސިންގް

ސ.ހުޅުމީދޫ ބަހާއުއްދީން ރޯޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

01

ކޮންކްރީޓް މެޝިން (02 ބޭގް މިކްސިންގް

ސ.ހުޅުމީދޫ ބަހާއުއްދީން ރޯޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

02

ކޮންކްރީޓް މެޝިން (01 ބޭގް މިކްސިންގް

ޕަބްލިކް ވަރކްސް ސަރވިސަސް / ކ.މާލެ

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖޫން 25 ވާ ހޯމަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖުލައި 02 ވާ ހޯމަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

           

       މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ޖޫން 25 ވާ ހޯމަ ދުވަހުގެ 12:30 އިން ފެށިގެން 2018 ޖުލައި 02 ވާ ހޯމަ ދުވަހުގެ 11:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.   

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 / 3004209 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

21 ޖޫން 2018
ހޯދާ