މުލަކަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލުން ކަނޑައަޅާ ސަރަހައްދުތަކެއް ކުނިކަހާފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިހޮސްޕިޓަލުންކަނޑައަޅާ ސަރަހައްދުތަކެއް ކުނިކަހާ ފޮޅާ ސާފުކުރާނެފަރާތެއް ހޯދަންބޭނުންވެއްޖެ.

           މިހޮސްޕިޓަލްގެ ނަންބަރު: (03 އެޕްރީލް 2018) ADM-MRH/2018/02 އިޢުލާނުން ދެންނެވުނު މަސައްކަތައް ހުށައަޅުއްވާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ ދެންނެވުނު އިއުލާން ބާތިލް ކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

           މިހޮސްޕިޓަލުން ކަނޑައަޅާ ސަރަހައްދުތަކެއް ކުނިކަހާ ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދަން ބޭނުންވާތީ، މި މަސައްކަތް 01 އަހަރު ދުވަހަށް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޖޫން 2018 ވާ އަންގާރަ ދުވަހު 10:30 ށް ހޮސްޕިޓަލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖޫން 2018 ވާ ބުރާސްފަތި ދުވަހު 11:00 ށް ހޮސްޕިޓަލް އޮފީހަށް އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. 

           މަޢުލޫމާތުސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުބަލައިނުގަންނާނެ ވާހަކައާއި، މަޢުލޫމާތު ފުރިހަމަނުވާފަރާތްތަކުގެ އަންދާސީހިސާބު ބާތިލްކުރެވޭނެވާހަކަ ދެންނެވީމެވެ. އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި،  6720605، 6720604  މިނަމްބަރާއި ގުޅުއްވުން އެދެމެވެ.

21 ޖޫން 2018
ހޯދާ