ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރަކު ހޯދުމަށް
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ހޯދުމަށް ބޭނުންވެއްޖެއެވެ.
ބޭނުންވާ ޢަދަދު:1 (އެކެއް)
ޝަރުތު:
- ލިޔަންކިޔަން އެނގުން.
- ކަނޑުގައި ދުއްވާ ޑްރައިވިންގ ލައިސަންސް A,B,C,D އަދި G ކެޓަގަރީ އޮތް މީހަކު ކަމުގައިވުން.
- މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން.
- ފާއިތުވި ފަސްއަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް )
- ފަސް އަހަރު ވެފައިވާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.
- ލެވެލް 5ގެ ނިޔަމިކަމުގެ ސަނަދުއޮތް މީހެއް ކަމުގައިވުން.
އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ދުއްވާ ކޮންމެ ކެޓަގަރީގެ އުޅަނދަކަށް 10/- ރ (ދިހަ ރުފިޔާ) ގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 2018 ޖުލައި 01 ވަނަ ދުވަހު 12:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
04 ޝައްވާލް 1439
18 ޖޫން 2018
ހޯދާ