ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު( ކޮންސަލްޓެންޓް)
މިމިނިސްޓްރީން ތައްޔާރުކޮށްފައިވާ ސްކޫލް ބޭސްޑް ފުޑް ގައިޑްލައިން އަދި ނިއުޓްރިޝަން ޕޮލިސީ މިމިނިސްޓްރީން ކަނޑައަޅާ 5 ރަށެއްގައި ޕައިލެޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ފެންވަރު ނުވަތަ ޝަރުތު:
މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އެޕްލިކޭޝަން ހުށަހެޅުން:
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީ (ވެލާނާގެ 8 ވަނަ ފަންގިފިލާ) އަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3341455 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
 - މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ސީ.ވީ
 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
 - ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
 - މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން
 
ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގާޒީ ބިލްޑިންގް، 9 ވަނަ ފްލޯރ.
އީމެއިލް : [email protected] ފޯން: 4363341
06 ޝައްވާލް 1439
20 ޖޫން 2018
